ސުޖަން އެނބުރި އައިސްވަނީ، ދިވެހި ލީގުގައި ޓީސީ ފުރަތަމަ ކުޅުނު މެޗުގައި ކުޅެފައެވެ. ފަހު ވަގުތު މި މެޗުން ޓީސީ ބަލިވިނަމަވެސް، ސުޖަން ބުނީ އެކަން ހަނދާން ނައްތާލައި ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވާން ފަށައިފިކަމަށެވެ.
ދެހާސްވިހި ވަނަ އަހަރު ކޮވިޑާ ގުޅިގެން ސީޒަން ނިންމާލިއިރު ސުޖަން ކުޅުނީ އީގަލްސްއަށެވެ. އެ ފަހުން އޭނާ ކުޅުނީ އަމިއްލަ ގައުމުގައެވެ. ސުޖަންވަނީ މިދިޔަ ނޮވެންބަރު މަހު ލަންކާގައި އޮތް ރާޖަޕަކްސާ އިންވިޓޭޝަނަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އެ މުބާރާތުން ލަންކާ ބަލިވީ ފައިނަލްގައެވެ. ސުޖަން ދެކޭ ގޮތުގައި ދިވެހިރާއްޖެއަކީ އޭނާގެ ދެވަނަ ގެއެވެ.