ads
ނައިފަރަށް ރައީސް ކުރައްވާ ދަތުރުގެެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ރައީސް ސޯލިހް ނައިފަރަށް ވަޑައިގެންފި
ރައީސް ސޯލިހު ޅ. އަތޮޅަށް ކުަރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މިއަދު އެ އަތޮޅު ނައިފަރަށް ވަޑައިގެންފިއެވެ.
Advertisement

ރައީސް އެ ރަށަށް ވަޑައިގަތުމުން އެ ރަށުގެ ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުން ނުކުމެ ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސް އެރަށަށް ވަައިގެން ވަނީ ކައުންސިރުންނާއި ބައްދަލު ކުރައްވާ ރަށުގެ ހުރި ކަންބޮޑުވުން ތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާ ފައެވެ. އަދި އެރަށުގެ ކައުންސިލާ އެކު ބޭއްވި ބައްދަލު ވުމުގައި އެމީހުންގެ ކަންބޮޑުވުން ތައް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. 

އަދި އެކަން ކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ވެސް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ކައުންސިލަށް ދެއްވާފައެވެ. 

އެ ރަށުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރެވި، ކައުންސިލް އޮފީސް އިމާރާތް ގާއިމްކުރުމުގެ އިތުރުން 10 ކްލާސްރޫމް އާއި ސްޓާފް ރޫމް އަދި އޭވީ ރޫމްގެ މަސައްކަތްތައް ވަނީ ނިންމާލެވި ފައެވެ. މި ވަގުތު އެރަށުގައި ކުރިއަށްދަނީ ފެނުގެ ނިޒާމު ގާއިމް ކުރުމާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތެެވެ. 

އޭގެ އިތުުރުން ރައީސް ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާ ވެސް ބައްދަލު ކުރައްވާ ވާހަކަ ފުޅު ދައްކަވައިފައެވެ.

ރައީސްގެ މިދަތުރު ފުޅަކީ ތިންދުވަހުގެ މުއްދަތަށް ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް