މެގަން އާ ވައްތަރު ކަމަށް ބުނަނީ އަކެއިޝާ ލޭންޑް ނަމަކަށް ކިޔާ އެ އަންހެނެކެވެ. ސޯޝަލް މީޑިއާގައި އަކެއިޝާ ހިއްސާކޮށްފައިވާ ފޮޓޯތައް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު ގިނަ ބަޔަކު ވަނީ މެގަން އާ ވައްތަރު ކަމަށް ބުނެފަ އެވެ.
އެކަމާ ގުޅިގެން އަކެއިޝާ ބުނީ އޭނާގެ އެ ފޮޓޯއަށް ވަރަށް ގިނަ ކޮމެންޓު އަންނަ ކަމަށެވެ. އަދި އޭނާ އާއި މެގަން އާ ވައްތަރު ކަމަށް ބުނާތީ ވަރަށް އުފާވާކަމަށް ވެސް އަކެއިޝާ ވަނީ ބުނެފައެވެ.
ޕްރިންސް ހެރީ އާއި މޭގަން މާކަލް ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުގެ މެއި 19 ގަ އެވެ. އަދި ދެ ކަނބަލުންނަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދަރިކަލަކު ލިބިވަޑައިގެންފަ އެވެ. މިއަހަރުގެ ތެރޭގައި ޕްރިންސް ހެރީ އާއި މެގަން ވަނީ ޝާހީ އާއިލާގެ ޒިންމާތަކާ އެކަހެރިވަޑައިގަނެފަ އެވެ.