ads
އާ އިމާރާތް ހުޅުވައިދެެއްވުމަށް އެމަރުކަޒުގައި——
ނައިފަރު މަދަރުސަތުލް އިފްތިތާހުގެ އާ 10 ކްލާސްރޫމް ހުޅުވާދެއްވައިފި
ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފި އެވެ.
Advertisement

މަދަރުސަތުލް އިފްތިތާހްގައި އަލަށް އިމާރާތްކޮށްފައިވަނީ 10 ކްލާސްރޫމާއި، އޭވީ ރޫމްއާއި ސްޓާފްރޫމެކެވެ.

އެތަން ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ސޯލިހް މިހާރު ޅ. އަތޮޅުގެ ހަ ރަަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނައިފަރަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރެއްވުމަށްފަހު އެވެ.

މި އިމާރާތުގައި އިތުރު 10 ކްލާސްރޫމް އަޅަން ހަވާލުކުރީ 2018 ވަނަ އަހަރުއެވެެ. ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެޑިއުކޭޝަން މިނިސްޓްރީން އެމަސައްކަތް ހަވާލުކުރީ އެއް އަހަރުތެރޭ ނިންމާގޮތަށެވެެ. 

ނައިފަރު މަދަރުސަތުލް އިފްތިތާހްގެ އެ ކްލާސްރޫމްތައް ހުޅުވައިދެއްވުމުގެ ކުރިން އެ އިމާރާތުގައި ރައީސް ބޭއްވި ބައްދަލުވުމުގައި  ނައިފަރު ކައުންސިލުން ވަނީ ނައިފަރުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. 

އެގޮތުން ނައިފަރުގައި 100 ހައުސިން ޔުނިޓް ބިނާކުރި ނަމަވެސް އަދިވެސް ބޯހިޔާވަހިކަން ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ހިދުމަތައް އިތުރުކޮށް ސްޕެޝަލިޓީ ހިދުމަތްތައް ހުންނަން އެދޭކަމާއި މަގުހެދުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ނައިފަރު މަދަރުސަތުލް އިފްތިތާޙަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ރަށުގެ އިޤްތިސާދީ އިޖްތިމާއީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު އަންނަނީ ސަރުކާރުން ރައްޔިތުނަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތްކަތައްކުރަމުން ކަމަށާއި، ވީ ވައުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތުކުރުމެއްނެތިކަމަށެވެ. 

ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާހުރެ ބައެއް މަޝްރޫއުތައް މަޑުޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުވަމުން އަންނާތީ އެކަންކަން ހުއްޓުމެއްނެތި ކުރިޔަށްދާކަމަށް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަންމުގެ ތެރެއިން ގިނަ ކަންކަމަކީ މިހާރު ފެށިގެން ކުރިޔަށްދާ ނުވަތަ ފެށުމުގެ މަގުމަތީގައި ވާކަންތައްތައް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ނިޒާމު ހަރުދަނާކޮށް ސްޕެޝަލިސްޓުން ހޯދުމަށް ކައިރި މުސްތަޤްބަލެއްގައި ހައްލުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރެވޭނެކަމަށާއި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް