މި ކޭމްޕް ކުރިއަށް ގެންގޮސަފައިވަނީ ހިންމަފުށީ ކައުންސިލާއި، އެރަށު ހެލްތު ސެންޓަރާއި، މާފުށީ ހެލްތު ސެންޓަރުގެ އިތުރުން އައްސޭރި ޖަލުގެ ފަރާތުންނެވެ.
މި ކޭމްޕުގައި ހަމުގެ ބައްޔާއި، އެތަރަހަށީގެ ބަލީގެ އިތުރުން ދަތުގެ މައްސަލަ ހުރި ފަރާތް ތަކަށް ފަރުވާ ފޯރުކޮށްދީފައި ވެއެވެ.
ކަރެކްޝަނުން ބުނެފައިވަނީ މިކޭމްޕުގައި 20 ގައިދީ އަކަށް ފަރުވާ ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި މިފަދަ ކޭމްޕެއް ހިންގުމުގެ މަގުސަދަކީ ގައިދީންނަށް ބޭސްފަރުވާ ކުރުމުގައި އެފަރާތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އުފުލަން ޖެހޭ ތަކުލީފް ކުޑަކުރުމާއި، ހިންމަފުށީގެ ރައްޔިތުންނަށް ވެސް މި ކޭމްޕް މެދުވެރިކޮށް ފަރުވާ ފޯރު ކޮށްދިނުން ކަމުގައި ކަރެކްޝަނުން ބުނެއެވެ.