ads
ރައީސް ސޯލިހު މިއަދު ނައިފަރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
އަތޮޅުގައި ހުރި ގުދުރަތީ ވަސީލަތްތަކުގެ ނަފާ އަތޮޅުގެ ރައްޔިތުންނަށް ލިބެންޖެހޭނެ: ރައީސް
އަތޮޅުގައި ހުރި ގުދުރަތީ ވަސީލަތްތަކުގެ ނަފާ އަތޮޅުގެ ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޅ.ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް އެރަށު ކައުންސިލާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެގޮތަށް އެކަން ވުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމެއް ކަމަށެވެ. 

ރައިސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިހާރުވެސް ރަށްރަށުގެ އިހްތިސާސް ކަންޑައެޅިފައިވާ ކަމަށާއި، އަދި އިހްތިސާސްގައި ނުހިމެނޭ ބައިވަރު ރަށްރަށާއި، ފަޅާއި ފަރާއި ގިރިއާއި އެއްޗެހި އެބަހުރިކަމަށެވެ. އަދި އެއްވެސް ބައެއްގެ ބެލުމުގެ ދަށުގައި ނެތި ހަލާކުވެ ވީރާނާ ވަމުންދާ ރަށްތައްވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެފަދަ ރަށްރަށުގެ ކަންކަން ޕްލޭނިން މިނިސްޓްރީން ގެންދަނީ ބަލައި އުސޫލެއް ހަމަޖައްސަމުން ކަމަށާއި، އެފަދަ ރަށްރަށް އަތޮޅުކައުންސިލް ނުވަތަ ރަށު ކައުންސިލްތަކާއި ހަވާލުކޮށް ރައްޔިތުންނަށް އޭގެ އެންމެ ރަނގަޅު ނަފާ ލިބޭނެ ގޮތް ހައްދަވާނެ ކަމަށޤ ރައީސް ސޯލިހު ވަިދާޅުވިއެވެ. 

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ހިދްމަތްވެސް ރައްޔިތުންނަށޤ ރަށުގައި ތިބެގެން ރަންގަޅުފެންވަރެއްގައި ލިބޭނެ ގޮތް ހަމަޖެހެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެގޮތުން ނައިފަރުގައި ކެންސަރަށް ކީމޯ ތެރަޕީ ދެވޭނެ ގޮތް ހަމަޖައްސާފައި ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޑައިލިސިސްގެ ހިދްމަތްވެސް ލަސްތަކެއް ނުވެ ފެށޭނެ ގޮތް ހަމަ ޖެހޭނެ ކަމަށާއި، ނައިފަރު އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ވެސް ލަސްތަކެއް ނުވެ ހަމަޖެހޭނެ ކަމަށް ވިދާޅުވިއެވެ. 

ރައްޔިތުންގެ ބައްދަލުވުމުގައި މިއަދު ވަނީ 100 ހައުސިން ޔުނިޓް ނައިފަރު ކައުންސިލާ ހަވާލު ކޮށްފައެވެ. އެގޮތުން 100 ހައުސިން ޔުނިޓް ހަވާލު ކުރުމަށްޓަކައި ރަމްޒީ ފިލާ އެރަށު ކައުންސިލާ ހަވާލު ކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް