ads
ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓް
މިލަދޫ މައްސަލަ: އެކަކު 5ދުވަހަށް ބަންދު، އަނެއް ދެމީހުން ދޫކޮށްލައިފި
ނ މިލަދޫގައި ފުލުހެއްގެ ސައިކަލް ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި 3 މީހުންގެ ތެރެއިން އެކަކު 5 ދުވަހުގެ މުއްދަތަށް ބަންދުކޮށް އަނެއް ދެމީހުން ދޫކޮށްލައިފިއެވެ.

ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ދިއުމުން ކޯޓުންވަނީ 22 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް ދެންތިބި ދެމީހުން ވަނީ ދޫކޮށްލާފައެވެ.

ފުލުހެއްގެ ސައިކަލް ރޭ ރޯކޮށްލި މައްސަލައިގައި ރޭ ފުލުހުން ހައްޔަރު ކުރީ 3 މީހުންނެވެ. ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން  31 އަހަރުގެ މީހެކެވެ.

މިލަދޫގައި ރޯކޮށްލާފައިވަނީ  މިލަދޫ ޕޮލިސް ޑެސްކް އިންޗާޖް ސާޖެންޓް މުހައްމަދު އަރީޝްގެ ސައިކަލެވެ. 

ސީއެންއެމްއަށް އަރީޝް ވިދާޅުވީ ޑިންގީއެއްގައި އެރަށަށް ބަޔަކު ކައިރި ކުރި ކަމަށާއި، އެއީ ޑްރަގް ޑީލެއް ހިންގަން އުޅެނީ ކަމަށް އެނގި އެތަނަށް ފުލުހުން ދިޔަކަމަށެވެ. އަދި އެކަމުގައި އުޅުނު މީހުން ފަހައިގަތުމުން ގޮސް ވަލަށް ވަނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެފަހުން އިންޒާރު ތަކެއް ދިންކަމަށާއި، ސައިކަލް ރޯކޮށްލި ހާދިސާ ހިންގާފައިވަނީ އޭގެ ފަހުން ކަމަށެވެ. އަދި ސައިކަލް ރޯކޮށްލި މީހާ ޝައްކު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައިކަލް ރޯކޮށްލި މައްސަލައާ ގުޅިގެން ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށުފެންވަރާއި ގައުމީ ފެންވަރުގައިވެސް ޑްރަގް ވިޔަފާރި ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. 

ސީޕީގެ ޓުވީޓުގައިވަނީ އަނިޔާތައް ކުރިމަތިވި، މިލަދޫ ޑެސްކް އިންޗާޖް ސާޖެންޓް މުހައްމަދު އަރީޝްގެ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. ސީޕީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިލަދޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަރީޝް ކުރެއްވި މަސައްކަތަށް ފަހުރުވެރިވާ ކަމަށެވެ.

މިލަދޫގައި މަސްތުވާ ތަކެތީގެ މައްސަލަ ބޮޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް