ads
ފ. ދަރަބޫދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ
މުދާ އުފުލުމަށް ކުރި ދަތުރު ނިމުމަކަށް ދަރަބުދޫ ކައުންސިލް
ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމި މުދާ އުފުލުމަށް ކުރި ދަތުރު ނިމުމަކަށް ގެނެވިފައިވާ ކަމަށް ދަރަބުދޫ ކައުންސިލުން އިން ބުނެފިއެވެ.
Advertisement

ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތާއެކު ކައިރި ރަށް ރަށަށް މުދާ އުފުލުމަށް ކުރި ދަތުރު ނިމުމަކަށް ގެނެވިއްޖެ ކަމަށް ދަރަބުދޫ ކައުންސިލުން އިން ބުނެއެވެ.

ދަރަބޫދޫ ކައުންސިލް ރައީސް ސީއެންއެމްއަށް ވިދާޅުވީ އެރަށުގައި 2008 ވަނަ އަހަރު ބޭނުން ކުރަން ފެށި ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުންނާއި ނެރު ތެރެއަށް ވެލި އެޅި ނާލު ބޯޓް ފަހަރަށް ބަނދަރު ނުކުރެވުމުގެ ސަބަބުން އެހެން ރަށް ރަށަށް ގޮސް މުދާ ގެންނަށް ކުރި ދަތުރުތައް ނިމުމަކަށް އަންނަ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ.

"އެހެން ރަށްރަށަށް މުދާ ބަލައިދާން ޖެހުނީ ނެރު ތިލަވެ ނާލު ބޯޓްފަހަރަށް ބަނދަރަށް ނުވެދެވިގެން. އެހާލުގައި އުޅޭތާ ދެ އަހަރު ވެއްޖެ. ނަމަވެސް މިހާރު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ނެރު ވެސް ފުންކޮށްފި. އެހެންވެ ދެން ބަނދަރު ބޭނުން ކުރަން ފެށުމުން މުދާ ބަލައި އެހެން ރަށްރަށަށް ކުރި ދަތުރުތައް ނިމުމަކަށް އަންނާނެ،," ކައުންސިލް ރައީސް އަހުމަދު ހަމީދު އާދަމް ވިދާޅުވިއެވެ.

ކަންނެލި މަސްކަން ކުރާ ހަ ދޯންޏާއި ފަރު މަހަށް ދުއްވާ ހަތަރު ދޯނީގެ އިތުރުން 25 ފޫޓްގެ ހަ ޑިންގީ އޮންނަ އެ ރަށަށް ވަދެ ނުކުމެ ހަދަން ވަރަށް ބޮޑެތި އުނދަގޫތައް ދިމާ ވެފައިވާތީ ކައިރި ރަށްރަށުގެ މުދާ އުފުލާ ބޯޓް ފަހަރު ވެސް އެ ރަށަށް ކައިރި ނުކުރާ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެ ރަށުގެ ބޭރުގައި ވެސް މުދާ އުފުލާ ބޯޓްފަހަރު މަޑު ނުކުރާ ކަމަށާއި، އެއީ ކަނޑު މަޑު ދުވަސް ވަރުގައި ވެސް ބޯޓު ފަހަރު މަޑު ނުކުރަނީ އެ ރަށު ކައިރި ވެސް ގަދަ ވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައިރި ރަށްރަށުގައި ބޯޓް އޮންނާނީ މިރަށުގައި މަނޑު ނުކުރޭ. ޑިންގީ ފަހަރުގައި ގޮސް މުދާތައް ރަށަށް ގެންނަނީ. ވަރަށްބޮޑު ހަރަދެއް ހިނގާ ކަމެއް އެއީ. ކައުންސިލް ހޮވިގެން ކުރި މަސައްކަތުން ރަށުގެ ބަނދަރު މިހާރު ދެގުނަ ބޮޑުކުރެވި ބޮޑުބައި މިހާރު ނިމިއްޖެ. އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް މިކަމުގައި ލުއިފަސޭހަ ވެގެންދާނެ" ހަމީދު ވިދާޅުވިއެވެ.

މީގެ ގާތްގަނޑަކާށް 13އަހަރު ކުރިން 2ި008 ވަނަ އަހަރު އެ ރަށުގައި ބަނދަރެއް ހުޅުވި ނަމަވެސް މިދިޔަ ދުވަސްތަކުގައި އެ ބަނދަރާ އެކު ރައްޔިތުން ތިބީ ބަނދަރެއް ނެތި އެންމެ ކުރީގައި ވެސް އުޅުނު ހާލަތު ގައެވެ. 

ނަމަވެސް އެމްޓީސީސީން ވަނީ އެ ރަށުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއެއް ފަށައި ބޭރުތޮށި ލުމުގެ 85 އިންސައްތަ މަސައްކަތް ނިންމާފައެވެ. 

މިހާރު މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ  އެންމެ  ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ބަނދަރު މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާ ނިންމާ ފައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. 

އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. 

މި މަޝްރޫއުގެ އަގަކީ ޖުމްލަ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ. ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް