ads
އެމްއެންޔޫ----ފޮޓޯ:އަަވަސް
ބްލީކުރާ މައްސަަލަ ބަލާ ނިމެންދެން، ހަގީގަތް އޮޅޭގޮތަށް ވާހަކަތަައް ނުފަތުރަން އެދިއްޖެ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ބުލީ ކުރާ މައްސަލަތައް ދަނީ ބަލަމުން ކަމަށާއި، އެމައްސަލަ ނިމެންދެން ހަގީގަތް އޮޅޭގޮތަށް މީޑިއާތަކުގައި ވާހަކަތައް ނުފެތުރުމަށް އެ ޔުނިވާސިޓީން އެދިއްޖެ އެވެ.

އެ ޔުނިވާސިޓީގެ މެޑިސިން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ބުލީކުރާ މައްސަލަ ފެންމަތިކޮށްފައިވަނީ، އެތަނުގައި ކިޔަވަމުންދާ ދަރިވަރަކު އިއްޔެ ޓްވިޓާ މެދުވެރިކޮށެވެ. އެދަރިވަރު ވަނީ އެތަނުގައި އެތައް ކުދިންނަކަށް އެތައް އަހަރުތަކެއް ވަންދެން ބުލީ ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން އެކި ކުދިންނަށް ނަފްސާނީ މައްސަލަތައް ދިމާވެ، އެއްކުއްޖަކު އަމިއްލައަށް މަރުވާންވެސް މަސައްކަތް ކުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އެކަމާ ގުޅިގެން އެ ޔުނިވަސިޓީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މެޑިސިން ސްކޫލުގެ ދަރިވަރުންތަކަކަށް ބުލީކުރާ މައްސަލަތަކެއް މިދިޔަ ބުރާސްފަތި ދުވަހު(ފެބްރުއަރީ 17 2022)ގައި ޔުނިވަސިޓީގެ ވައިސް ޗާންސެލަރަށް ހުށަހަޅާފައި ވާ ކަމަށެެވެ.

ބުލީ ކުރުމަކީ ދަރިވަރުންގެ "ކޯޑް އޮފް ކޮންޑަކްޓް" އާއި ހިލާފު ކަމަކަށް ވުމުން، އެ މައްސަލަ ޔުނިވަސިޓީގެ މައްސަލަ ބަލާ ކޮމިޓީން ތަހުގީގުކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އަދި އެމައްސަލަ ނިމުނުހާ އަވަހަކަށް ކަން ހިނގާފައިވާގޮތް ދަރިވަރުންނާއި ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން. ޔުނިވާސިޓީން އެދެނީ މި ތަހުގީގީ މަރުހަލާ ނިމެންދެން، މިކަމާއި ގުޅޭގޮތުން މީޑިއާތަކުގައި މައްސަލަ އޮޅޭގޮތަށް ވާހަކަ ނުދެއްކުން" ޔުނިވާސިޓީގެ ބަޔާނުގައި ބުނެފައިވެއެވެ. 

ޓުވިޓާގައި އެމައްސަލަ ހިއްސާކުރި ކުއްޖާ ބުނެފައިވާގޮތުގައި، އެސްކޫލުގައި މިވޭތިވެދިޔަ 2 އަހަރުތެރޭ ބުލީކުރުން އޮތްވަރު ބަޔާންވެސް ނުކުރެވޭނެއެވެ. އެކަން އެކުދިންނަށް ޓޮލަރޭޓު ކުރެވޭނީ ކިހާ ދުވަހެއް ވަންދެންކަން ނޭނގޭކަމަށް ބުނެ އެދަރިިވަރު ބުނެފައިވަނީ، އެމްއެންޔޫ މެޑިސިން ސްކޫލުވެސް ވެފައިވަނީ އެފަދަ ބުލީ ކުރާ މީހުންނަށް ހިމާޔަތްދޭ ތަނަކަށް ކަމަށެވެ.

ދަރިވަރު ބުނިގޮތުގައި ބުލީކުރާ ދަރިވަރު، އޭނާ އާއި އެހެން ރަހުމަތްތެރިއަކާ ދެކޮޅަށް ވާހަކަދައްކައި ޖެއްސުންކޮށް، ބިރުދައްކައެވެ. ނަތީޖާއެއްގެ ގޮތުން އެހެން ކުދިން ވެސް ބިރުން އެ ދަރިވަރުންނާ ވާހަކައެއް ނުދައްކައެވެ. އަދި ކައިރީގައި އިށީނުމަށާއި، ގުރޫޕު މަސައްކަތުގައި އެކުއްޖަކު ބައިވެރިކުރުަމަށް ބިރުގަންނައެވެ.

އެ މައްސަލަތައް އެތައް ފަހަރަކު އެ ސްކޫލުގެ ވެރިންނަށް ކިޔައިދިން ނަމަވެސް އެ ކަމަށް މާ ބޮޑު ސަމާލު ކަމެއް ދީފައި ނުވާކަމަށްވެސް އެދަރިވަރު ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް