ads
އދ. ދަގެތި ޕޮލިސް ޓޭޝަން: ފޮޓޯ/ފުލުހުން
އޮޅުވާލައިގެން ހޯދި ފައިސާ ތަކެއް އަބުރާ ވެރިފަރާތާ ހަވާލު ކޮށްފި
ފަތުރުވެރިން ތަކެއްގެ އަތުން އޮޅުވާ ލައިގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފެބްރުއަރީ ހަ ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިން ތަކެއް ސަފާރީ އަަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާތަކެއް އަތުލާފައި ވާކަމުގެ މައްސަލައެއް ފެބްރުއަރީ 12 ވަނަ ދުވަހު އދ. ދަނގެތީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް ދަނގެތީ ޕޮލިސް ސްޓޭޝަނާއި ކ. ގުޅީ ޕޮލިސް ޑެސްކު ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފައިސާތައް ހޯދާފައި ވަނީ މި މަހު 19 ވަނަ ދުވަހު ކަމަށާއި، އެ ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި ވަނިކޮށް ކަމަށްވެސް ފުލުހުން ބުނެއެވެ. 

އެގޮތުން، 1050 ޔޫއެސް ޑޮލަރު ހޯދައި އޭގެ ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ ދަނގެތީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް