ads
ޖޭއެސްސީ ---
ހުޅުމާލޭ ކޯޓު އުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓާނުލާ ކަމަށް ޖޭއެސްސީން ބުނެފި
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމާފައިވާތީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާމެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް ދަނީ ދަނީ ކުރަމުންކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން(ޖޭއެސްސީ)ން ބުނެފިއެވެ.
Advertisement

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ވާތީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 04 އޮކްޓޯބަރު 2020 ވަނަ ދުވަހު މި ކޮމިޝަނުންވަނީ ނިންމާފައެވެ.

އަދި އެކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން އެ ކޮމިޝަނަށް ފާހަގަވި ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުރަތަމަ އިއްވި ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަމެވެ. އެހެންވެ، އެ ކޮމިޝަނަށް އެކަން ފާހަގަ ވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް ޖޭއެސްސީން  ސްޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ސްޕްރީމް ކޯޓުން 8 ފެބްރުއަރީ ވަނަ ދުވަހު ނިންމަވާފައި ވަނީ ހަވާލާދެވުނު ގަޒިއްޔާ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.

"ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. މާލޭގެ އަވަށްއަވަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައްމެ ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެކެވެ." ޖޭއެސްސީން މިއަދު ބުނެފައިވއެވެ. 

އެހެންވެ ޖޭއެސްސީން އަދިވެސް އެކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް