ރަތަފަންދޫ ކައުންސިލުން ބުނީ އެއީ ތެޔޮ އަޅަން އެރަށަށް ލަފަން އުޅުނު ދޯންޏެއް ކަމަށާއި އެހާދިސާގައި މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
އެރަށު ކައުންސިލް ނައިބު ރައީސް އަމާނީ މުއީން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަތަފަންދޫއަށް ތެޔޮއަޅަން ވަން މަސް ދޯނި ފާލަމުގައި ޖެހި ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.
އެހާދިސާ ހިނގާފައިވަނީ އިރުއޮއްސި 6:20 ހާ އިރު ކަމަށާއި، އެއީ އައްޑޫ ހުޅުދޫ "ޖޫލީ" ނަމަކަށް ކިޔާ މަސް ދޯއްޏެއް ކަަމަށް އަމާނީ ވިދާޅު ވިއެވެ.
ރަތަފަންދޫ ފާލަމަށް އަރާފައިވާ ދޯނި: ފޮޓޯ/ ރަތަފަންދޫ ކައުންސިލް
މިފަދަ ހާދިސާތައް ދެކުނުގެ ރަށްރަށުގައި ދޭތެރެދޭތެރެއިން ހިނގައެވެ.