ads
ފޮޓޯ--ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު
ޤައުމީ ތަރިކަ ކޮމިޓީ އުފައްދައިފި
"ގައުމީ ތަރިކަ ކޮމިޓީ"ގެ ނަމުގައި މިއަދު ކޮމިޓީއެއް އުފައްދައިފިއެވެ.

މި ކޮމިޓީއަކީ ސަގާފީ ތަރިކަ ގިންތިކުރުމާއި، ފާހަގަކުރެވޭ ސަގާފީ އަގުކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުމާއި، ސަގާފީ ތަރިކަ ދަފުތަރުން އުނިކުރުމާއި، ދާއިމީ ތަކެތީގެ ތެރޭގައި ހިމެނުމަށް ގައުމީ ދާރުލްއާސާރަށް ގަނެގެން ހޯދާ ތަކެތި ކަނޑައެޅުމާއި، ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުމާއި، ގައުމީ ދާރުލްއާސާރުގެ ތަކެތީގެ ތެރެއިން އަނބުރާ ރައްދުކުރާ ގޮތަށް ދޫކުރާ ތަކެތި ދޫކުރުމުގެ ހުއްދަ ދިނުމުގައި ލަފާދިނުމާއި، ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި، ގާނޫނު ތަންފީޒު ކުރުމުގައި ލަފާ ހޯދުމަށް ވަޒީރު އެދޭ ކަންކަންކަމަށް ލަފާ ދިނުމާއި މި ނޫނަސް ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން އެ ކޮމިޓީން ކުރަން ޖެހޭނޭކަމަށް ބުނާ ކަންކަން ކުރުމަށް އުފެއްދި ކޮމިޓީއެކެވެ.

މިކޮމިޓީގައި ހިމެނެނީ ހެރިޓޭޖް މިނިސްޓރްީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޠާރިޤް،  ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން، ޤައުމީ އަރުޝީފުގެ ޑިރެކްޓަ ޖެނެރަލް؛މުޙައްމަދު އާމިރު، އިސްލާމިކް މިނިސްޓްރީގެ މުސާއިދު ވާއިޛް އައްޝައިޚް މޫސާ އަންވަރު ޙަސަން، ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް؛ ޙައްވާ ނަޒްލާ،  އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މުޙައްމަދު ޒާހިރު، ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ރިސަރޗް އެނަލިސްޓް؛ މުޙައްމަދު ނާޖިހު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އާކިޓެކްޓް؛ ޒަހާ އަހުމަދު، ހައުސިން މިނިސްޓްރީގެ  ޕްރޮޖެކްޓް އިންޖިނިއަ އަޙްމަދު ސުޖީތު، ޓޫރިޒްމް މިނިސްޓްރީގެ ޕްލޭނިންގ އޮފިސަރު ޢަބްދުﷲ އިޔާޒު، ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ނަސީމާ އަހުމަދު، އާކިޓެކްޓް އަދި ލިޔުންތެރިއެއް ކަމަށްވާ މަރިޔަމް އިޝާ ޢަޒީޒް ގެ އިތުރުން  އާކިޓެކްޓެއް ކަމަށްވާ ޢަލީ ޝަރީފުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް