މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ކަރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
އެގޮތުން އެ ފަރާތުން އެ އަތޮޅު މަދަރުސާގެ މަސައްކަތަށް ހުށައަޅުއްވާފައި ވަނީ 11,844,668.75 (އެގާރަ މިލިއަން އައްލައްކަ ސާޅީސް ހަތަރު ހާސް ހަސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ހަތްދިހަ ފަސްލާރި) ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަދި މި މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށް އެ އެ މިނިސްޓްރީން ބުނެއެވެ.
އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އެވެ.
އަދި ކަރާ ކޮންޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ވަހީދު އެވެ.