ads
ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ދޭން ފަށަނީ
މި ހިނގާ 2022 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކުންވެސް ޑައިލިސިސްގެ ހިދުމަތް ލިބިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭ ތިން ހޮސްޕިޓަލެއްގައި ޑައިލިސިސް ދިނުމުގެ ހިދުމަތް ފެށިގެން ދާނެ ކަމަށާއި، އެއީ، ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި، ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ އިތުރުން ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އަދި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ޑިއިލިސިސްގެ ހިދުމަތް ނުފަށާހުރި ހުރިހާ ހޮސްޕިޓަލަކުންވެސް އެ ހިދުމަތް ދިނުން ފެށިގެން ދާނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. 

"ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ. އޭގެ ތެރޭގައި ޅ.އަތޮޅު ނައިފަރު، ބ.އޭދަފުށި އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލް ހިމެނޭ. ބާކީހުރި ހޮސްޕިޓަލްތަކުގައި މިއަހަރުތެރޭގައި ޑައިލިސްގެ ހިދުމަތް ފެށޭނެ."

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ހުއްޓާނުލާ ކުރަމުން އަންނަ ކަމަށާއި، ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް އެކަށީގެންވާ ބޭސްފަރުވާގެ ނިޒާމް ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ. 

ދިވެހި ރާއްޖޭގެ އާބާދީ އާއި އަޅާބަލާއިރު ދިވެހި ރާއްޖެއަކީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ގިނަ ގައުމެކެވެ. މާލެ ސަރަހައްދުގައި އެކަނިވެސް 200 އަށް ވުރެ ގިނަ މީހުން އަންނަނީ ޑައިލިސިސްގެ ހިދުމަތް ހޯދަމުންކަން ފާހަގަ ކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް