ads
މިނިސްޓަރު ނަސީމް
އަމިއްލަ ފަރާތްތައް ހޮސްޕިޓަލް އެޅުމަށް ހުރަހެއް ނެތް: ހެލްތު މިނިސްޓަރު
އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ބޮޑެތި އާބާދީ އޮންނަ ރަށް ރަށުގައި ހޮސްޕިޓަލުތައް އެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.ސ

ރައްޔިތުން މަޖިލީހަށް ހާޒިރުވެ، މިއަދުގެ މަޖްލީހުގައި، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕްރައިވެޓް ކުންފުނިތަކުން ސިއްހީ ހިދުމަތް ދިނުމަށް "އެއްވެސް ކަހަލަ ރެސްޓްރިކްޝަނެއް ނޯންނާނެ" ކަމަށެވެ. 

"އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ސިއްހީ ހިދުމަތް ހަމައެކަނި ދޭންޖެހޭނީ ސަރުކާރުން ކަމަށް އިނގޭތޯ. އެހެން ވީމަ އަޅުގަނޑު ދިރާސާތައް ކުރަމުން ގެންދަނީ. އަޅުގަނޑުގެ އެއްވެސް ކަހަލަ ރެސްޓްރިކްޝަނެއް ނޯންނާނެ ރާއްޖޭގެ އެއްވެސް ދިމާލެއްގައި ޕްރައިވެޓް ހޮސްޕިޓަލު ހެދުމުގައި." ނަސީމް ވިދާޅުވިއެވެ.

ބޮޑެތި އާބާދީތައް އޮންނަ ރަށްރަށުގައި ޕްރައިވެޓް ހޮސްޕިޓަލެއް ނެތުމުން ހިތާމަ ކުރައްވާ ކަމަށާއި، އެހެން ވީމަ އެކަމަށް ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ރަށެއްގައި އަމިއްލަ ފަރާތް ތަކުން ހޮސްޕިޓަލެއް އަޅާ ނަމަ އެކަމުގެ މަސައްކަތްތައް ކުރެވިގެން ދާނީ އެ ރަށެއްގެ ކައުންސިލާ ވެސް މަޝްވަރާ ކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތިނަދޫ ދާއިރާގެ މެމްބަރު އަބްދުލް މުއުނީ ހުށަހެޅި ހުށަހެޅުއްވުމަކަށް މިއަދު މިނިސްޓަރު ނަސީމް މަޖްލީހަށް ހާޒިރު ކުރެއްވުނީ ގދ. ތިނަދޫގައި އަޅާ ޓާޝަރީ ހޮސްޕިޓަލު ހެދުމުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު އޮޅުން ފިލުވުމަށެވެ. 

މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި އާ ހޮސްޕިޓަލް އެޅުމަށް ސަރުކާރުން އިއުލާން ކުރާނެ ކަމަށާއި، މިހާރު ސަރުކާރުން ކުރާ މަސައްކަތަކީ ތިނަދޫގައި މިވަގުތު ހުރި ހޮސްޕިޓަލު ތަރައްގީ ކުރުން ކަމަށް ނަސީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް