ޑިސެމްބަރު މަހު އެންމެ ބޮޑުކޮށް ސާވިސް ޗާޖު ދިނީ ރަންދެލި ރިސޯޓުން
04 ޖެނުއަރީ 2020 - 11:08:03
ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު އެންމެ ބޮޑު އެއްޗެއް ދިން ރިސޯޓަކަށް ޝެވަލް ބްލާންކް ރަންދެލި އަރައިފި އެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހު ރަންދެލިން ވަނީ އެ ރިސޯޓުގެ ކޮންމެ މުވައްޒިފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،903 ޑޮލަރު ނުވަތަ 29،348 ރުފިޔާ ދީފަ އެވެ. ސާވިސް ޗާޖު އެންމެ ރަނގަޅަށް ދެމުން ގެންދާ ރިސޯޓުތަކުގެ ލިސްޓްގައި މިދިޔަ ނޮވެމްބަރު މަހު ރަންދެލި ރިސޯޓް އޮތީ ދެވަނައިގަ އެވެ. ނޮވެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ރަންދެލި ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 1،146 ޑޮލަރު ނުވަތަ 17،671 ރުފިޔާ އެވެ.
ސާވިސް ޗާޖުގެ ގޮތުގައި ޑިސެމްބަރު މަހު ދެވަނަ އަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒިފަކަށް ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ވަނީ 948 ޑޮލަރު ނުވަތަ 14،628 ރުފިޔާ ލިބިފަ އެވެ. މިލިސްޓްގައި މިދިޔަ ނޮވެމްބަރު މަހު ވޮއްމުލި އޮތީ ފަސްވަނައިގައި އެވެ. ނޮވެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ވޮއްމުލި ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 789 ޑޮލަރު ނުވަތަ 12،175 ރުފިޔާ އެވެ.
ސާވިސް ޗާޖުގެ ގޮތުގައި ޑިސެމްބަރު މަހު ތިންވަނަ އަށް އެންމެ ބޮޑު އެއްޗެއް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. ވެލާގެ ކޮންމެ މުވައްޒިފަކަށް ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ވަނީ 931 ޑޮލަރު ނުވަތަ 14،368 ރުފިޔާ ލިބިފަ އެވެ. މިލިސްޓްގައި މިދިޔަ ނޮވެމްބަރު މަހު ވެލާ އޮތީ އެއްވަނައިގަ އެވެ. ނޮވެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ވެލާ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 1،329 ޑޮލަރު ނުވަތަ 20،497 ރުފިޔާ އެވެ.
ރިސޯޓްތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދެމުންދާ ގޮތުގެ ލިސްޓް ތައްޔާރުކުރަނީ ރިސޯޓުތަކުގެ މުވައްޒަފުންދޭ މައުލޫމާތުގެ މައްޗަށް "މޯލްޑިވްސް ސާވިސް ޗާޖް" ވެބްސައިޓުންނެވެ.
ރާއްޖޭގައި 147 ރިސޯޓް ހިންގަމުން ގެންދާއިރު މުވައްޒަފުންނަށް ސާވިސް ޗާޖު ދޭ ގޮތުގެ ތަފްސީލްތައް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހާމަކޮށްފައިވަނީ އެންމެ 75 ރިސޯޓުންނެވެ.
ގިނަ ރިސޯޓްތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ދެނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ވަރަށް ކުޑަ އަދަދެއް ކަމަށް ރިސޯޓްތަކުގެ މުވައްޒަފުން އަބަދުވެސް ގެންދަނީ ބުނަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވަމުންދާއިރު ސާވިސް ޗާޖުގެ މައްސަލައަށް އެދެވޭ ހައްލެއް ސަރުކާރަށް އަދި ހޯދައިދެވިފައެއް ނުވެ އެެވެ.
ސާވިސް ޗާޖުގެ މައްސަލައިގައި ރިސޯޓްތަކުގެ މުވައްޒަފުންނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ދެމެދު އޮތް ގުޅުން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މިގުޅުން ގޯސްވީ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް އަލީ ވަހީދު ވިދާޅުވި ކަމަށް ބުނެ ރިސޯޓްތަކުގެ މުވައްޒަފުން އަލީ ވަހީދުގެ އިސްތިއުފާ އަށް ގޮވަން ފެށުމުންނެވެ.
މިކަމާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސާވިސް ޗާޖާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވި އެއްޗެއް ބައެއް ފަރާތްތަކަށް ގޯސްކޮށް މާނަކުރެވިފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް އެކަމުގައި ގޯސްކޮށް އެއްޗެއް ވިދާޅުވެވިފައިވާ ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްސީލް ކުރާ އެންމެ ބޮޑު އަމިއްލަ ޖަމިއްޔާ ޓީމް އާއި މިނިސްޓަރު އަލީ ވަހީދާ ދެމެދު ވެސް މިހާރު ވަނީ ބޮޑެތި ކޯޅުންތަކެއް ހިނގަން ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް