ads
ސީޕީ ހަމީދު---
ރާއްޖޭގައި އައިއެސްގެ ސެލްއެއް ހިންގަމުންދިޔަ ދިވެއްސަކު ހައްޔަރުކޮށްފި
ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް (އައިއެސްް)ގެ ސެލްއެއް ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ދިވެެއްސަކު މާލެއިން ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންނާއި އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ދެ ގައުމެއްގެ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުއެވެ. 

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފަައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކަށް ހަމަލާދީ، ހާއްސަކޮށް އެ ގައުމުތަކުގެ ވެރިންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި އެކިއެކި މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައެވެ.

ސީޕީ ވިދާޅުވީ، ރާއްޖޭގައި ދިރިއުޅެމުންދާ އޭނާ އެ ކެމްޕޭނުތައް ހިންގަމުންދިޔައީ 2015 އިން ފެށިގެން ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ، އެމައްސަލަ ތަހުގީގުކުރަމުން އަންނަނީ ދިވެހި ފުލުހުންނާއި އެފްބީއައިގެ އިތުރުން، އީޔޫގެ ދެ ގައުމެއްގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން، ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް