މީގެ އިތުރުން ޔޫޓިއުބްއަށް އަޕްލޯޑް ކުރާ ބައެއް ވީޑިއޯ ތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ މިލިއަނަރުންނަށް ވެފައެވެ. މީގެ ތެރޭގައި އެކި އުމުރުފުރާގެ މީހުން ހިމެނެ އެވެ.
އެގޮތުން އަވަށްޓެރި އިންޑިއާ އަކީ ދުނިޔޭގައި މިހާރު އެންމެ މަޝްހޫރު ޔޫޓިއުބަރުން ހިމެނޭ އެއް ގައުމެވެ. އެގޮތުން އާޝިޝް ށަންޗަލާނީ ބީބީ، ކެރީމިނާޓީ އަދި ސްލޭ ޕޮއިންޓް އަކީ ދުނިޔޭގެ މަގުބޫލު ޗެނަލް ތަކެވެ. އެމީހުންގެ ފޭންސް ފެސްޓްތަައް މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.
ހަމަ އެބީދައިން ހޮލީވުޑްގެ ރެޑް ކާޕެޓް އަދި ފިލްމުތަކުގައި ޕްރޮމޯޝަން ހަފްލާތަކުން އެ ފަންނާނުންނަށް ދައުވަތު ލިބިގެން ދެއެވެ. މިފަދަ ފަންނާނުންނަކީ އެމީހުންނަށް ލިބޭ ފައިސާގެ ބޮޑު ބައެއް ނިކަމެތި ފަގީރުންނަށް ހޭދަކުރާ ބައެކެވެ.
މި ފަންނާނުންނަކީ ޔޫޓިއުބް ރަމްޒު ކޮށްދޭ މައިގަނޑު ފަރާތް ތަކެވެ. އަދި ޔޫޓިއުބްގެ ފަރާތުން ވަނީ ގިނަ އެވޯޑްތަކެއް މި ފަންނާނުންނަށް ދީފައެވެ.
މިފަދަ ފަންނާނުންގެ ސަބަބުން މިފަދަ ޕްލެޓް ފޯމް ތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެހެން ފަރާތް ތަކަށް ހިތްވަރު ލިބިގެންދެ އެވެ. އަދި މިފަދަ ޗެނަލް ތަކުގެ ޒަރިއްޔާއިން އެދެވޭ ގޮތުގައި ލާބަ އާއި މަންފާ ހޯދުމުގެ ފުރުސަތު އަދި ކުރި އަރާނެ މަގުތައް ފަހިވެގެން ދެއެވެ.