ads
މާލެއިން ގެއްލިގެން ހޯދަމުންދާ ޒުވާނާ
ވީނުވީއެއް ނޭގި ގެއްލުނު ޒުވާނާގެ ހަބަރެއް ނުވޭ: ފުލުހުން
ވީނުވީއެއް ނޭގި ގެއްލިގެން މާލޭން ހޯދަމުން ދިޔަ ޒުވާނާގެ ހަބަރެއް އަދިވެސް ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޅ. ނައިފަރަށް އުފަން އުމުރުން 23 އަހަރުގެ އަހުމަދު ވިޔާމް ނަމަކަށް ކިޔާ ޒުވާނާ ހޯދަން ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓުކުރީ މިމަހުގެ 19 ވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. 

މާލެ އިން ގެއްލުނު ޒުވާނާގެ ފޮޓޯ އާއްމުކޮށް ފުލުހުން އޭނާ ހޯދަން އިއުލާންކުރީ އިއްޔެއެވެ. ފުލުހުން އޭނާގެ ފޮޓޯ އާއްމުކޮށް ހޯދަން އިއުލާންކުރީ ހޮނިހިރު ދުވަހުން ފެށިގެން ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީއެވެ. 

މިކަމާގުޅިގެން ފުލުހުން މިއަދު “ސީއެންއެމް”އަށް ބުނީ، މިހާތަނަށް ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާ ކަމަށާއި، އޭނާ އާއި ގުޅޭ އިތުރު މައުލޫމާތެއް ލިބޭގޮތް އަދި ނުވާ ކަމަށެވެ.

އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް