ads
ޝްރައްދާ، ކޮއްކޮގެ ޕާޓީގައި ބައިވެރިވެފައި--
ކޮއްކޮއަށްޓަކައި ޝްރައްދާ އެލްސާއަށް!
ބޮލީވުޑުގެ ބަތަލާ، ޝްރައްދާ ކަޕޫރު އޭނާގެ ދެބައިންގެ ދެ ދަރި، ކޮއްކޮއެއް ކަމަށްވާ، ވެދިކާގެ އުފަންދުވަހުގެ ޕާޓީއަށް، ފްރޯޒެން ކާޓޫނުގެ ކްއީން އެލްސާ ގޮތަށް ހެދުން އަޅައިފި އެވެ.

ޝްރައްދާ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ފޮޓޯގައި ވަނީ އެލްސާ ގޮތަށް ހެދުން އަޅައި އެގޮތަށް މޭކަޕްކޮށްފައި ހުރި މަންޒަރެވެ. އަދި ކޮއްކޮ އުރާލައިގެން ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ. 

ސްޓްރީޓް ޑާންސާ ތްރީޑީގެ ތަރި ޝްރައްދާގެ އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ފިލްމުތަކުގެ މަސައްކަތުގައި ވަރަށް ބޮޑަށް އަވަދި ނެތި އުޅެމުން އަންނަ ޝްރައްދާ، އޭނާގެ ކުރިއަށް އޮތް ފިލްމު، "ބާގީ 3" ގެ ޝޫޓިންތައް ނިންމާލާފައިވަނީ ދާދި ފަހުންނެވެ. 

ދާދި ފަހުން ޝްރައްދާ ވަނީ ބަހޫބަލީގެ ތަރި، ޕްރަބާސްއާއެކު "ސާހޯ" އިން ވެސް ފެނިގެންގޮސްފަ އެވެ. އަދި ސުޝާންތު ސިންގް ރާޖުޕުތާއެކު "ޗިޗޯރު" އިން ވެސް ފެނިގެންދިޔައިރު މި ދެ ފިލްމަށް ވެސް ރަނގަޅު ތަރުހީބެއް ލިބުނެވެ. 

67%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް