ads
ކޮވިޑް-19 ފޮޓޯ: އަވަސް——
މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 40 މީހުން
ކޮވިޑް-19 އަށް ފާއިތުވި 24 ގަޑިއިރުތެރޭ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު 40 އަކަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭއިން އާއްމުކުރި ކޮވިޑް އެންމެ ފަހުގެ މައުލޫމާތުން ދައްކާގޮތުގައި މިއަދު މުޅި ޖުމްލަ ނަތީޖާ ލިބުނު 3374 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 628 މީހުންނެވެ. މިއީ އިއްޔެއާއި އަޅާބަލާއިރު މަދު އަދަދެކެވެ.

ނަމަވެސް މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވި އަދަދު ވަނީ ދަށްވެފައެވެ. މަތިކޮށް އުޅެނީ އަތޮޅުތެރޭގެ ކޭސްތަކެެވެ.

އެގޮތުން މިއަދު މާލެ ސަރަހައްދުން 40 މީހުން ޕޮޒިޓިވްވިއިރު، އަތޮޅުތަކުން 501މީހުން، އަދި ރިސޯޓުތަކުން 49 މީހުން ޕޮޒިޓިވްވެފައިވެއެވެ.

އިއްޔެގެ އަދަދުތައް

  • މާލެ ސަރަހައްދުން: 45
  • އަތޮޅުތަކުން: 682
  • ރިސޯޓުތަކުން: 43
  • ސާމަޕަލް ޓެސްޓުކުރެވުނުވަރު: 4106 

މިހާރު މުޅި ޖުމްލަ ރާއްޖެއިން 168124 މީހުންނަށް ކޮވިޑް ވަނީ ޖެހިފައެވެ. މީގެ ތެރެއިން 152437 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ބަލިޖެހިފައިވާ 15380 މީހުން ރާއްޖޭގައި ތިބިއިރު، އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 23 މީހަކަށެވެ. އަދި މިހާތަނަށް 294 މީހަކު ބަލީގައި މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް