ads
ދުޅަ ހެޔޮ ސިއްހަތެއް ހުރުމަށް ކަސްރަތު ކުރުމަކީ މުހިއްމު ކަމެއް
ދުޅަ ހެޔޮ ސިއްހަތެއްގެ މުހިއްމުކަން!
ކޮންމެ އިންސާނެއްގެ ދިރިއުޅުމުގެ މައިގަނޑު އަސްލަކީ އެމީހެއްގެ ސިއްހަތާއި މެދު ސައްކެއްވެސް ނެތެވެ. ޖިސްމާނީ ގޮތުން ފުރިހަމައަށް ލިބެން ޖެހޭ ފައިދާތައް ލިބިގެން މެނުވީ ސިއްހަތަށް އެންމެ އެދެވޭ ފައިދާއެއް ނުކުރާނެއެވެ. އަހަރެމެންގެ މުޖުތަމައަށް ނަޒަރު ހިންގާލުމުން ވެސް މިކަން ހާމަ ވެގެން ދާނެއެވެ.
Advertisement

ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށްޓަކައި މުހިއްމު ކަންތައްތަކެއް ކުރަން ޖެހެއެވެ. ނަމަވެސް އެއީ ހަޤީގަތުގައި މާބުރަ މަސައްކަތް ތަކެއް ނޫނެވެ. އެގޮތުން ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި ކުރެވޭނެ ވަރަށް ވެސް ފަސޭހަ އަދި އެހާމެ މުހިއްމު ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.

ކަސްރަތު

ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑު ރަނގަޅަށް ބަހައްޓަން ބޭނުން ނަމަ ދުވާލަކު މަދު ވެގެން 15 މިނެޓަށް ނަމަވެސް ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. ބައެއް ކަހަލަ ކަސްރަތަކީ ގޭގައި ތިބެގެންވެސް ކޮށްލެވޭނެ ކަސްރަތު ތަކެވެ. މި ޒަމާނަކީ ޓެކްނޮލޮޖީ އެހާމެ ކުރިއަރާފައިވާ ޒަމާނަކަށް ވުމުން ޔޫޓިއުބް މެދުވެރިކޮށް ވެސް ތަފާތު އެކި ކަހަލަ ކަސްރަތު ބަލައިލެވޭނެއެވެ. 

ހަމަ ނިދި 

އިންސާނާގެ ސިއްހަތާއި ރޭގަނޑުގެ ނިދި ވަރަށް ވެސް މުހިއްމު ރޯލެއް އަދާ ކުރެއެވެ. މަދުވެގެން ކޮންމެ ރެއަކު ވެސް އަށް ގަޑިއިރު ނިދުމަކީ މުހިއްމު ކަމެކެވެ. ހަށިގަނޑަށް އެކަށީގެންވާ ނިދި ނުލިބޭނަމަ ހަށިގަނޑު ހެދި ބޮޑުވުމުގައި ތަފާތުއެކި މައްސަލަ ކުރިމަތިވެއެވެ. މީގެ އިތުރުން ރަނގަޅު ނިންޖެއް ހަށިގަނޑަށް ނުލިބޭނަމަ މީހާ ބަނޑުހައިވެ ގިނައިން ކާހިތް ވުމާއި އާދަޔާއި ހިލާފަށް މީހާ ކަންނެތްވާގޮތް މެދުވެރިވެއެވެ. ފުރިހަމަ ނިދި ހަށިގަނޑަށް ލިބޭ ކަމަށް ވަނީނަމަ ހަނދާން ނެތުމާއި މާޔޫސްވުން އަދި ޑިޕްރެޝަންފަދަ ކަންތަކުން މީހާ ސަލާމަތް ކޮށްދެއެވެ.

ރަނގަޅު ކާނާ

ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ރަނގަޅު ކާނާ ކެއުމަކީ ލާޒިމު ކަމެކެވެ. އެގޮތުން އެކި ވައްތަރުގެ ތަރުކާރީ އާއި މޭވާގެ އިތުރުން ފެހިކަން ގަދަ ފަތްޕިލާވެލި ހިމެނެއެވެ. އެގޮތުން މި ތަކެއްޗަކީ ހަށިގަނޑަށް ދިމާވާ އެކި އެކި ބަލިތަކުން ސަލާމަތް ކޮށްދީ ދިފާއީ ނިޒާމު ވަރުގަދަ ކޮށް، ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ކަންކަމުން ރައްކާތެރި ކޮށްދޭ ކަންކަމެވެ. 

މި ފާހަގަ ކޮށްލެވުން ކަންކަމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަންކަމެވެ. މިކަންކަމުގެ އިތުރުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ތަފާތު އެތައް ކަމެއް ހުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް