ads
އިންޑޮނޭޝިއާއަށް މިއަދު އައި ބިންހެލުމުގައި ބައެއް އިމާރާތްތައް ވެއްޓިފައި
އިންޑޮނޭޝިއާގެ ސުމަޓްރާއަށް 6.2ގެ ބާރުގަދަ ބިންހެލުމެއް!
އިންޑޮނޭޝިއާގެ ސުމަޓްރާއަށް މެގްނިޓިއުޑް 6.2ގެ ބާރުގަަަދަ ބިންހެލުމެއް އައިސް މިހާތަނަށް ދެމީހުން މަރުވެއްޖެ އެވެ.

ވޯލްކެނޯ ޑިސްކަވަރީ ވެބްސައިޓާއި ހަވާލާދީ ރިޕޯޓުތައް ލިބެމުން އަންނަގޮތުން މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ ނޯތު ސްމަޓްރާ ޕްރޮވިންސްގެ ހުޅުނގު، ދެކުނުގައި އޮންނަ ޕަޔަކުމްބުހް ކިޔާ ސިޓީގެ 76 ކިލޯމީޓަރު ސަރަހައްދަކަށެވެ. 

އެވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގޮތުން އެއީ، 12 ކިލޯމީޓަރު އަޑިން އައި 6.2 މެގްނިޓިއުޑްގެ "ވަރަށް ބާރުގަދަ" ބިންހެލުމެކެވެ. މި ބިން ހެލުމުގެ ސަބަބުން މިހާތަނަށް ދެމީހަކު މަރުވެފައިވާއިރު، އިންޑޮނޭޝިއާގެ އެކި ސަރަހައްދުތަކުގެ ސަރުކާރު އޮފީސްތަކާއި ބޭންކުތަކުގެ އިތުރުން ގިނަ އަަދަދެއްގެ އިމާރާތްތައް ވަނީ ހަލާކުވެފައެވެ.

ނަމަވެސް މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެކަމަށް އަދި ލަފާކޮށްފައެެއް ނުވެއެވެ. ބިން ހެލުމުގެ އަސަރުވަނީ މެލޭޝިއާގެ ކުއަލަ ލަންޕޫރަށްވެސް އަދި ސިންގަޕޫރަށްވެސް ފޯރާފައެވެ. 

ރިޕޯޓުތައް ބުނާގޮތުން އިންޑޮނޭޝިއާއަށް އައި މި ބިން ހެލުމުގެ ސަަބަބުން ކުއަލަ ލަންޕޫރުގެ ދެކުނު، ހުޅަނގު ދެކުނުން 384 ކިލޯ މީޓަރުގެ ސަރަހައްދަކަށްވެސް 6.0 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އައިސްފައެެވެ. އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯ މީޓަރު އަޑިންނެވެ.

ރިޕޯޓުތައް ބުނާގޮތުން ބިންގަނޑު ގުޑައިގެން ދިއުމުގެ އިހުސާސް އެސަރަހައްދަށް ކުރެވި، އާެއްމުން ވަނީ އިމާރާތްތަކުން ބޭރަށް ވެސް ނިކުމެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެގައުމުގެ ނޫސް އެޖެންސީތަކުން ބުނެއެވު.

6.0 މެގްނިޓިއުޑްގެ ބާރުމިނުގައި އަންނަ ބިން ހެލުންތަކަކީ ތިންވަނައަށް އެންމެ ބާރުގަދަ ބިން ހެލުންތަކެެވެ. މިފަދަ ބިން ހެލުންތަކުގައި ބޮޑު ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާކަން ރިޕޯޓުކުރެވިފައިވެއެވެ. އެންމެ ބާރުގަދަ ބިން ހެލުންތަކަކީ 8.0 އިން ފެށިގެން މަތިން އަންނަ ބިން ހެލުންތަކެވެ. 

އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަކީ އެންމެ ގިނަ އަދަދަކަށް ބިންހެލުން އަންނަ އެއް ސަރަހައްދު ކަމަށްވާއިރު، 2004 ވަނަ އަހަރު އެގައުމުގެ ސުމަޓްރާއަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަށް ވަނީ ކޮށްފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް