ads
އަހްމަދު އަދީބް
ހައްގު މިންވަރު ހޯއްދަވައި ދެއްވުމުގައި ރައީސް ސޯލިހު ހުންނެވީ ސާބިތުކޮށް: އެމްޓީޑީ
ހައްގު މިންވަރު ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވުމުގައި ރައީސް އިބަރާހީމް މުހައްމަދު ސޯލިހު ހުންނެވީ ފުރިހަމަ ސާބިތުކަންމަތީ ކަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ން ބުނެފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ރައީސް ސޯލިހަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކުރަމުން އެޕާޓީން ބުނެފައިވަނީ އެމަނިކުފާނުގެ ވެރިކަމަކީ އެންމެ ބޮޑެތި ގޮންޖެހުންތަށް އެތެރެޔާއި ބޭރުން ދިމާވި ދުވަސްވަރު ކަމަށެވެ. 

ރައީސް ސާލިހު ވަނީ މިހުރިހާ ގޮންޖެހުންތަކާއި ކެތްތެރިކަމާއި އެކީގައި ކުރިމަތިލައްވާ ގައުމު ހަމަމަގަށް އެޅުވުމާއިއެކީ ގައުމީ އަދި ބައިނަލްއަގުވާމީ އެތައް ކާމިޔާބީއެއް ހޯއްދަވާފައިކަމަށާއި، ސޯޝަލް މީޑިއާގައި އެންމެންގެ ޖަޒުބާތުތައް އޮއްސާލަމުންދާ މިޒަމާނުގައި ރައީސް ސާލިހު އިސްކުރެއްވީ ހިކުމަތްތެރިކާމާއި ކެތްތެރިކަންކަމަށްވެސް އެޕާޓީން ބުނެފައި ވެއެވެ.

"ދުވަހަކުވެސް ނުރުހުމުގެ ބަހެއް ރައްޔިތަކާއި އަދި އިދިކޮޅުފަރާތަކާއި ދިމާލަށްވެސް ވިދާޅެއްނުވެއެވެ. ރައްޔިތުންގެ އަޑުއައްސަވައެވެ. އަދި ވަކިވަކި ފަރުދުންގެ އަސާސީ ހައްގުތަކާއި ގާނޫނުން ލިބިދޭ ހިމާޔަތާއި ހައްގުމިންވަރު ހޯދާދިނުމުގައި ފުރިހަމަ ސާބިތުކަން ރައީސް ސާލިހު ދަނީ ދައްކުވައިދީފައެވެ."އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ދިމާވި އެންމެ ބޮޑު ސިއްހީ ކާރިސާ ނުނިމިގެން އުޅެނިކޮށް ހަނގުރާމައިގެ ވިލާތަކާއި ހަރަކާތްތަށް މިވަނީ މުޅި ދުނިޔެ ބަނަކޮށްލާފައި ކަމަށާއި، ޔުކްރެއިންގައި ތިބި ދިވެހި ކުދިން އަވަހަށް ސަލާމަތުގެ އައްސޭރިއަށް ގެންދެވި ދިވެހި ގައުމަށް އަވަހަށް އަނބުރާގެނައުމަށް ގޮވާލާ ކަމަށްވެސް އެޕާޓީގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން މިއީ ދިވެހިން އެއްބައިވާންވީ ވަގުތު ކަމަށާއި، އަޅުގަނޑުމެންގެ އެތެރޭގެ ވާދަވެރިކަން ދޫކޮށް ގައުމުގެ ހައްގުގައި، އަންނަން ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން އެކީގައި މަޝްވަރާކުރަންވީ ވަގުތު ކަމަށްވެސް އެޕާޓީން ބުނެއެވެ. 

އެޕާޓީގެ ބަޔާނުގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދަށާއި އާއިލާއަށް ކެތްތެރިކަމާއި ހިތްވަރުދެއްވުމަށްވެސް އެދި ދުއާ ކޮށްފައިވެއެވެ.          

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް