ads
ގިނަދުވަހު ކަތީބް ކުރައްވާ ހިދުމަތުގައި ތިއްބެވި ފަރާތްތަކަށް ފިޔޯރީ ކައުންސިލް އިން ހަދާނީ ފިލާ ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ފިޔޯރީ ކައުންސިލުން، ކުރީގެ ކަތީބުކަން ކުރި ފަރާތްތަކުގެ އަގުވަޒަންކޮށް ފިލާ ހަވާލުކޮށްފި
ކަތީބް ކަމުގައި ތިއްބަވައި، ދިގުމުއްދަތަކަށް ރަށަށް ހިދުމަތް ކުރެއްވުމުގައި ދެމިތިއްބެވި ފަރާތްތަކަށް ފިޔޯރީ ކައުންސިލުން ހަނދާނީ ފިލާ ދެއްވައިފިއެވެ.

ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު "ސީއެންއެމް" އަށް ވިދާޅުވީ ކުރިން ހިންގި ރަށުއޮފީސް ތައް ކައުންސިލް ތަކަށް ބަދަލު ވަންދެން ކުރީގެ ރަށުގައި، ކަތީބު ކަން ކުރެއްވި ފަރާތް ތަކަށް އެކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ރޭގަ ހަދާނީ ފިލާ ދެއްވައިފި ކަމަށެވެ.

ހަނދާނީ ފިލާ ދެއްވާއިފައި ވަނީ ގިނަދުވަހަށް ރަށަށް ހިދުމަތް ކުރެއްވި ހަ ފަރާތަކަށް ކަމަށް ފައިޒަރު ވިދާޅުވިއެވެ.

1. މުހައްމަދު ޒާހިރު، މާގަސްދޮށުގެ (ހިދުމަތުގައި 38 އަހަރު) ގދ. ފިޔޯރީ

2. އަހުމަދު ދީދީ، އަސަރީގެ (ހިދުމަތުގައި24 އަހަރު)  ގދ. ފިޔޯރީ

3. މަރުޔަމް ހަސަން ދީދީ، ރޭއަލިވާގެ (ހިދުމަތުގައި15 އަހަރު)   ގދ. ފިޔޯރީ

4. މުހަައްމަދު ސައީދު، ލިލީގެ  (ހިދުމަތުގައި11 އަހަރު) ގދ. ފިޔޯރީ

5. އަލީ ފަހުމީ ހިތިގަސްދޮށުގެ  (ހިދުމަތުގައި11 އަހަރު)  ގދ. ފިޔޯރީ

6. މުހައްމަދު އަނީސް، އެވަރެސްޓް  (ހިދުމަތުގައި20 އަހަރު)  ގދ. ފިޔޯރީ

"ރަށު އޮފީސްތައް ކައުންސިލަށް ބަދަލުވެ ކަތީބް ކަމުގައި ތިއްބެވި ފަރާތްތައް މަސައްކަތުން ދުރުވެ ގޭގައި ތިއްބެވިއަސް އެއީ ރަށަށް ވަރަށް އަގުހުރި މަސައްކަތް ތަކެއް ކުރެއްވި ބޭފުޅުން. އަޅުގަނޑު ވަރަށް ހަނދާން ހުރޭ އަޅުގަނޑު ކުޑައިރު އެ ބޭފުޅުން ވޯކީ ޓޯކީ ހިފައިގެން އަވީގަ އާއި ވެހޭހާ ވާރެއެއްގެތެރޭ އުޅުނު ގޮތް. އެފަދަ ފަރާތް ތަކުގެ އަގުވަޒަން ނުކުރެވުމަކީ ލިބޭ ނިކަމެތި ކަމެއްގެ ގޮތުގައި ދެކެނީ." ފައިޒަރު ވިދާޅުވިއެވެ. 

ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނާ އެކު ބައްދަލު ވުމެއް ބާއްވާ އެފަދަ ފަރާތް ތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަަނދާނީ ފިލާއެއް ދެއްވުން ވެގެންދިޔައީ ކައުންސިލް ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް