ads
ކޮވިޑް-19 ވެކްސިން ޖެހުން
ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 126،456 އަށް
ދިވެހި ރާއްޖެއިން ކޮވިޑް-19 ގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 126،000 އަށްވުރެ އިތުރު ވެފައި ވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިހާތަނަށް ވެކްސިންގެ ތިން ވަނަ ޑޯޒް 126،456 މީހަކު ވަނީ ޖަހާފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 1،812 މީހަކު ވަނީ ވެކްސިންގެ ތިންވަނަ ޑޯޒް ޖަހާފައެވެ. 

މިހާތަނަށް ރާއްޖެއިން ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު 370،973 އަށް އަރާފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ، 398،168 މީހެކެވެ. 

ވެކްސިން ޖެހުމަށް ރާއްޖޭގެ 185 ސަރަހައްދެއްގައި ސެންޓަރުތައް ގާއިމް ކޮށްފައި ވާއިރު، މާލެ ސަރަހައްދުގެ ނުވަ ތަނަކުން ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމު ތަކެއްގައި ވެކްސިންގެ ތިން ވަނަ ޑޯޒް އެއް ފުރިހަމަ ކުރުމަށް އަންނަނީ ބާރުއަޅަމުންނެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ގިނަ ގައުމު ތަކަކުން ވަނީ ނިންމާފައެވެ. 

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތަކަށް ބަލާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން 507 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

ރާއްޖެއިން މިހާތަނަށް 168،631 މީހަކަށް ބަލި ޖެހިފައި ވާއިރު، ރެ އާއި ހަމައަށް ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ، 15،356 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް