އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އޭނާގެ “ހިންގާލަން ކެމްޕެއިން”ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެޖަލްސާއަށް މިލަންދޫއަށް ވަޑައިގެންނެވުމުން ލިބުނު މަރުހްބާއިން ހިތްފުޅަށް އަރާވަޑައިގަތީ، އެމްޑީޕީއަކީ އެ ޖޯޝްގައި އޮންނަން ޖެހޭ ޕާޓީއެެއް ކަން ކަމަށެވެ.
އެމްޑީޕީއަކީ ކުދިކުދި ސިކުނޑިތަކެއްގެ ވިސްނުންތަކެއްގައި ތާށިވެފައި އޮންނަން ޖެހޭ ޕާޓީއެއް ނޫންކަން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު ފެންނަމުންދާ ހަގީގަތަކީ ޕާޓީގެ މަސައްކަތް ލަދުވެތިވާހާ ދަށްވެފައިވާތަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމުގެ ދަށުން އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ އެއީ ކަމަށެވެ.