ads
ހިޝާން---
ހިޝާން ފުލުހަށް ހާޒިރުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ އަހުމަދު ހިޝާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އިއްޔެ ހިޝާން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ހިޝާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައިވަނީ ފުރަން ގޮސް ހުއްޓާ ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރުނު ނަމަވެސް ފުލުހުން އެކަމާ ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިޝާން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހައްގު ބަސް ބުނާ މީހުންނަށް ދިރިއުޅުމުގެ ހައްގު ނެތް ކަމަށެވެ. އަދި 18 އަހަރު ވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރެއްވި މަސައްކަތުގެ ހަދިޔާއަކަަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށް ވެސް ވިދާޅުވި އެވެ. 

"މިވަރު ފުދޭ. ދެން ބޭނުމީ ރާއްޖެ ދޫކޮށް ދާން،" ހިޝާން ވިދާޅުވި އެވެ.

ހިޝާންއަށް ބިރުދައްކާއި އިންޒާރުދިން މައްސަލަ ތަހުގީގުކުރަން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން ހިޝާންއަށް ބިރު ދެއްކި މީހުން ހޯދަން ހިންގާ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކުރެވިފައި ނުވަނީ ވެސް އެހެންވެ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ބަޔަކު ވަނީ ހިޝާނަށް މަރުގެ އިންޒާރު ދީފައެވެ. އެފަހަރު ހިޝާނަށް މަރުގެ އިންޒާރު ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ގޮވައިގެން ހުކުރުނަމާދަށް ދަނިކޮށެވެ. އަދި އެދުވަހު މަރުގެ އިންޒާރު ދީފައިވަނީ ދެ ސައިކަލެއްގައި އައި ބަޔަކު ވަޅި ދައްކައިގެން ކަމަށް ވެ އެވެ.

ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަމުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. 

33%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
47%
ވަރަށް ސަލާމް
ކޮމެންޓްސް