ބްރިޖުގެ ހުޅަނގު ދެކުނު ފަރާތަށް ވެލާ އަރާފައި އޮއްވާ ފެނިފައިވަނީ އެ ސަރަހައްދުގައި ކަސްރަތު ކުރަން އުޅުނު ބަޔަކަށެވެ. މަންޒަރު ދުށް މީހުން ބުނާގޮތުން އެއީ ހެދުނު ހައެއް ޖަހާކަށް ހާއިރުއެވެ.
ބައެއް މީހުން ގަބޫލުކުރާގޮތުގައި އެއީ އެ ސަރަހައްދަށް ބިސް އަޅަން އެރި އެއްޗެކެވެ. އެހެންކަމުން އެ ސަރަހައްދުގައި އެ ވަގުތު ތިބި ބައެއް މީހުން ފުލުހުން ކައިރީ އެދުނީ ވެލާ ބިސް އަޅަން ފުރުސަތު ދިނުމަށެވެ. ނަމަވެސް ވެލާ ހާލުގައި ޖެހިފައި އޮތް ކަމަށް ބަލައި، އާންމުން ވެލައާ ގާތް ނުވުމަށް އިލްތިމާސްކޮށް އެސަރަހައްދުގައި އެވަގުތުތިބި ފުލުހުން ވަނީ އެވެލާ މޫދަށް ދޫކޮށްލާފައެވެ.
މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު (މޯޑް) ވެސް ވަނީ އެސަރަހައްދަށް އަރާ އޮތް ބޮޑުވެލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ބައެއް މީހުން ބުނާގޮތުން މާލެއަށް ވެލާއެއް އެރި ހަދާނެއް މިއިން ޒަމާނެއްގައިވެސް ނުވެއެވެ.