އުމުރުން 23 އަހަރުގެ ޅ. ނައިފަރު/ ޑޭޒީހިޔާ، އަހްމަދު ވިއާމް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އެހެން ނަމަވެސް އޭނާ ހޯދުމަށް ފުލުހުން އާއްމުކޮށް އިއުލާން ކުރީ، މިމަހުގެ 23 ވަނަ ދުވަހުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ރޭގެ ވަގުތެއްގައި ފެނިފައި ވާކަމުގެ މައުލޫމާތު އާއިލާއިން ހިއްސާ ކޮށްފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޒުވާނާ ފެނިފައިވަނީ ކޮންތާކުން ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އާއްމުކޮށްފައި ނުވެއެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ކިބައިން ލިބޭ އެއްބާރު ލުމަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.