އެމަސައްކަތް ހަވާލުކޮށްފައިވަނީ “ކޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” ނަމަކަަށް ކިޔާ ކުންފުންޏަކާއެވެ.
އެއީ “ޕީއެސްއައިޕީ 2021”ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިނިސްޓްރީން ބުނީ މިއަދު އެމަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތަށް ހުށަހަޅާފައިވަނީ 772،606.96(ހަތްލައްކަ ހަތްދިހަ ދެ ހާސް ހަ ސަތޭކަ ހަ ރުފިޔާ، ނުވަދިހަ ހަތް ލާރި) އަށް ކަމަށެވެ.
މަސައްކަތް 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.
އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމް އެވެ. އަދި ކޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ސިބްއަތު އަޒީޒް އެވެ.