މީގެ ކުރިން ޔޫޓިއުބުން ވަނީ ޔޫކްރެއިންގައި ހިންގާ ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ބައެއް ޗެނަލްތަކުގެ އެޑްތަކަށް ފައިސާ ލިބުން ބަންދު ކޮށްފައެވެ.
ރަޝިއާގެ ދައުލަތުގެ މީޑިއާތަކުގެ އިސްތިހާރުތަކަށް ފައިސާ ލިބުން މަނާކުރަން ގޫގްލް އިން ނިންމާފައިވާ ކަމަށް ރޮއިޓާސް ނޫސް އެޖެންސީން އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.
ގޫގްލްއިން ބުނީ ރަޝިޔާގެ ސަރުކާރުގެ ބާރުގައި ހިންގާ މީޑިއާތަގެ އިސްތިހާރުތަކަށް ފައިސާދިނުން މިހާރު މެދުކަނޑާލާފައިވަނީ ވަގުތީ ގޮތުން ކަމަށެވެ.
މީގެ ކުރިން ޔޫޓިއުބުން ވަނީ ޔޫކްރެއިންއަށް ރަޝިޔާއިން ދޭ ހަމަލަތަކުގެ ސަބަބުން ރަޝިއާގެ ބައެއް ޗެނަލްތަކުގެ އިސްތިހާރުތަކަށް ފައިސާ ލިބުން މަނާކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އޭގެ ކުރިން ރަޝިއާގެ މީޑިއާތަކަށް ފައިސާލިބުން މަނާ ކުރީ ފޭސްބުކް އާއި އިންސްޓަގްރާމްހިންގާ މެޓާ އިންނެވެ.
ރަޝިޔާއިން މިހާރުވެސް ޔޫކްރެއިންއަށް ދޭ ހަމަލަތަކަށް ބަދަލެއް ނުގެނެއެވެ. މިއަދު ވަނީ ޔޫކްރެިންގެ ތެޔޮ ކާރުހާނާ އެއް ގޮއްވާލާފައެވެ. ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ތަފާތު ފިޔަވަޅުތައް އަޅާފައެވެ. އަދި ޔޫކްރެއިންއަށް ތަފާތު އެހީތައް އަންނަނީ ވަމުންނެވެ.