ads
އައިމިނަތު އީމާން: ފޮޓޯ| ރާއްޖެ ޓީވީ
އީމާން އަދި ވެސް ހޭނާރާ، ފަރުވާ ދެމުން ދަނީ ވެންޓިލޭޓާރުގައި ބާއްވައިގެން!
އިއްޔެ ހަވީރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި، ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން އަދި ވެސް ހޭނާރާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީމާން އެކްސިޑެންޓުވީ، ބާރަށް ދުއްވާފައި ދަނިކޮށް ސްޕީޑް މަޑުކުރަން ހަދާފައި ހުންނަ ބަމްޕަރެއް މައްޗަށް އެރުމުން ސައިކަލު ކަހާލާ ކޮންޓްރޯލް ނެއްޓުމުންނެވެ. އެ ބަމްޕަރަކީ ކުލަ ގޮސްފައި ހުރުމުން ރަނގަޅަށް ފާހަގަ ކުރަން އުނދަގޫ ބަމްޕަރެކެވެ. 

މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ އީމާންގެ ހާލު އަދި ވެސް ސީރިއަސް ކަމަށާއި، އީމާން އަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އަދި ވެސް އީމާން ހޭނާރާ ކަމަށާއި، މިވަގުތު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ޝިއުނާ ވިދާޅުވި އެވެ. 

ޝިއުނާ އިތުރަށް ވިދާޅުވީ، އީމާން ރާއްޖެއިން ބޭރަށް ފުރުވާލެވެން ނެތް ކަމަށާއި، ސަބަބަކީ އިންޓާނަލް ބްލީޑީން ހުރުމުން ތަންތަނަށް އުފުލާ ހެދުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެފައި ވުމުން ކަމަށެވެ. ޑޮކްޓަރުން އަންނަނީ އީމާންގެ ހާލު ސްޓޭބަލް ކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި، ފަހަރެއްގައި ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ސާޖަރީއެއް ހަދަން ޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ. 

މިހާދިސާ ހިނގިތާ މަދު ވަގުތު ކޮޅެއް ތެރޭ އެ ސަރަހައްދުގައި ތިބި މީހުން އެމްބިއުލާންސް އަށް ގުޅި ނަމަވެސް އެމްބިއުލޭންސް އެ ސަރަހައްދަށް ދިޔައީ ހާދިސާ ހިނގައިގެން ރިޕޯޓް ކުރިތާ 20 މިނެޓު ފަހުން ކަމަށްވެ އެވެ. 

އެންމެ ފުރަތަމަ އީމާން އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް އެ ހޮސްޕިޓަލުގެ އައިސީޔޫއިން ފަރުވާ ދެވެން ނެތުމުން އީމާން އޭޑީކޭއަށް ބަދަލު ކުރީ ރޭގެ ވަގުތެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް