ads
އީސީގެ ކުރީގެ ރައީސް ރައީސް ޝަރީފް ގެްނނަނީ ސްޓެލްކޯގެ އެމްޑީއަކަށް
ސަރުކާރުގެ ބޮޑު ތިން ކުންފުންޏެއްގެ ވެރިން ބަދަލު ކުރަނީ
ސަރުކާރުގެ ބޮޑު ތިން ކުންފުންޏެއްގެ ވެރިން ބަދަލު ކުރަން ނިންމައިފިއެވެ.

ވެރިން ބަދަލުކުރަން ނިންމާފައިވާ ކުންފުނި ތަކުގެ ތެރޭގައި ހިމެނެނީ ސްޓެލްކޯ، ވެމްކޯ އަދި ޕޯސްޓް އޮފީހެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެދިފައި ވަނީއެ ކުންފުނިތަކުގެ މެނޭޖިންޑިރެކްޓުން ބަދަލު ކުރުމަށެވެ. 

ރައީސް އޮފީހުން ގެންނަން އެދިފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ހަމަޖެއްސުމާއި،  ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ، ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރަކަށް ބަދަލު ކުރުމުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން މުގުނީ އެނާޖީ އޮތޯރިޓީގެ ވެރިޔާގެ މަގާމަށް ބަދަލު ކުރުމެވެ. 

ޕީސީބީގެ ބޯޑުގެ ބައްދަލުވުމެއް މަކަމާ ގުޅޭ ގޮތުން މިއަދު ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް