ފީފާ އަދި ޔުއެފާއިން ރަޝިޔާ ސަސްޕެންޑް ކުރުމާއެކު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީންވަނީ އޮލިމްޕިކްގެ ހަރަކާތްތަކުންވެސް ރަޝިޔާ ސަސްޕެންޑް ކުރުމަށް ކުޅިވަރު ފެޑެރޭޝަންތަކަށް އަންގާފައެވެ.
ބައިނަލްއަގްވާމީ ކުޅިވަރުގެ މައި ޖަމިއްޔާތަކުން މި އެޅި ހަރުކަށި ފިޔަވަޅުތަކާއި އެކު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކުންވެސް ރަޝިޔާއަކަށް ފުރުސަތެއް ނުލިބޭނެއެވެ. ޔުއެފާގެ ނިންމުންތަކާއެކު ޔޫރޯ އަދި ރަޝިޔާގެ ކްލަބުތަކަށް ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތަކުންވެސް ފުރުސަތެއް ދެން ނުލިބޭނެއެވެ.