އުރީދޫއިން ބުނީ ދުޅަހެޔޮ ސިއްހަތެއް ރާާއްޖޭގައި ދެމެހެއްޓުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް މުހިންމު ހެލްތު ކިޓް ތަކެއް ހަދިޔާކުރުމަށް އެކުންްްފުނިން ނިންމާފައި ވާކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަަކަށް މި ކިޓްތައް ހަދިޔާ ކުރާކަަަން ހާމަކޮށްފަައި ވަނީ ހެލްތް މިނިސްޓަރު، އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ޗީފް އެގްޒެކަޓިވް އޮފިސާ ހާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަަަލުންނާއި އެކު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ.
މި ބަައްދަލުވުމުގައި، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫ އާއި ހެލްތް މިނިސްޓްރީގެ ބައިވެރިވުމާއި އެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާއި ބޭހޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
އުރީދޫ މޯލްޑިވްސް އަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަަ ލަނޑުދަނޑި ("ގްލޯބަލް ގޯލްސް") ކަމަށް ވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއިމް ކުރުމަަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށްވެސް އުރީދޫއިން ދަނީ މިހާރުވެސް މަސައްކަތްކުރަމުންނެވެ.
2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.
އުރީދޫއިން އިތުރަށް ބުނީ، އެކުންފުނީގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، ކުންފުނީގެ ޕްލެޓްފޯމް ތަކާއި ވަސީލަތްތަކުގެ އެހީގައި، އީޖާދީ ހައްލު ތަކާއެކު، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެކުންފުނިން އަރުވާ ކަމަށެވެ.