ads
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
އިންތިހާބައި ދިމާކޮށް ވަޒީފާއިން މީހުން ވަކިކުރާ ވާހަކަ ދޮގު ކޮށްފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން މީހުން ވަޒީފާތަކުން ވަކި ކުރާ ވާހަކަ ސަރުކާރުން ދޮގު ކޮށްފިއެވެ.
Advertisement

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއި ދިމާކޮށް، އެމްޑީޕީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިބި ބަޔަކަށް ވަޒީފާގެ ބިރު ދައްކާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއްވެސް ހުށައަޅުއްވާފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ، އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގައާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސް އޮފީހަށް ލިބިފައިވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. 

"އެ މީހަކު ބޭނުންވާ ފަރާތަކަށް ތާއީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ހައްގެއް. އެ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިލްތިމާސްކުރަން." މަބްރޫކް ވިދާޅުވިއެވެ.

އަދި އެއްވެސް އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މަބްރޫކް މިފަދައިން ވިދާޅުވެފައި ވީނަމަވެސް ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަހުމިއަށް ތާއީދު ކުރައްވާ ފަރާތްތަކަށް ބިރު ދައްކާ އެ ފަރާތްތައް ވަޒީފާއިން ވަކި ކުރަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް