ads
މަހުލޫފް
މަހުލޫފުގެ މައްޗަށް އުފުލި ދައުވާ ކޯޓުން ބޭރުކޮށްލައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
Advertisement

މި މައްސަލަ އާއި ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި މި މައްސަލަ ބައްލަވާ ގާޒީ، މުހައްމަދު މިސްބާހު ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެމި މައްސަލައެއް ކަމަށް ނިންމާ މައްސަލަ ބޭރުކޮށްލާފައެވެ. 

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދައުލަތުގެ ފަރާތުން މައްސަލަ ސާބިތު ކުރުމަށް ހެކި ހުށަހަޅާފައި ވީނަމަވެސް އެ ހެކިތަކަކީ މައްސަލަ ސާބިތު ކުރެވޭނެ ހެކިތަކެއް ނޫން ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކުރެއް ވުމަށްފަހު ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. 

މަހުލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި އޭނާ ހުންނެވި ދުވަސްވަރުސްޕެޝަލް އިކޮނޮމިކް ޒޯން (އޭސްއީޡެޑް) ގެ ބިލަށް ތާއީދު ކުރުމުގެ މުގާބިލުގައި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކޮށެވެ. 

ދައުލަތުން ތުހުމަތު ކުރަނީ އޭރުގެ ޓޫރިޒަމް މިނިސްޓްރު އަހުމަދު އަދީބު މަހުލޫފަށް ރިޝްވަތު ދީފައިވާ ކަމަށެވެ. 

މަހުލޫފުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އަދީބުގެ އިތުރުން އެމްއެމްޕީއާރު ސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފާއި، އިޝްފާހް އަލީ ވެސް ހިމެނެއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް