ads
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް -- ފޮޓޯ: މިހާރު
ސަން ސިޔާމާއި އޭނާގެ ކުރީގެ އަނބިކަބަލުންގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފި
ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ، ދ. މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް މުހައްމަދު(ސަން ސިޔާމް) އާއި އޭނާގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އެގިފައިވާ ގޮތުގައި މި އަމުރު ނެރެފައިވަނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި ސަން ޓްރެވެލްގެ ޑިރެކްޓަރެއްގެ މަގާމުގައި ހުރި ސަން ސިޔާމުގެ ކުރީގެ އަނބިކަބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓު ހިފަހައްޓަންވެސް އެފަހަރު އަމުރުކުރިއެވެ.

އުސޫލެއްގެ ގޮތުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމަރުނެރޭ ވަގުތުން ފެށިގެން އެމީހެއްގެ ޕާސްޓް ހިފަހައްޓަން ޖެހެއެވެ. ނަމަވެސް މިދެމީހުންގެ ޕާސްޕޯޓު ހިފެހެއްޓި ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެެއް ނުވެއެވެ. މިކަަމާއި ގުޅޭގޮތުން އިމިގްރޭޝަނާއި ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް އަދި ބުނާކަށް ނޭނގެއެވެ.

ނ. މެދުފުށީގައި ސަން ޓްރެވެލް އިން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގަން ހިލްޓަން އާ ހަވާލުކުރީ 2009ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. ނަމަވެސް އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލުން، އެ އެބަސްވުން ވަނީ 2013ވަނަ އަހަރު ބާތިލުކޮށްފައެވެ. 

އެއްބަސްވުން ބާތިލުކުރި މައްސަލަ ހިލްޓަން ކުންފުނިން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި، 2015ވަނަ އަހަރު އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު(370.8 މިލިއަން ރުފިޔާ) ދޭންޖެހޭނެ ކަމަށެވެ.

އެއަށްފަހު އެ އަމުރު ތަންފީޒުކުރަން ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ 2020ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސަން ޓްރެވެލްގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް