ads
ކަނޑުހުޅުދޫ ސްކޫލް ޓީޗަރުން... ފޮޓޯ/ ކަނޑުހުޅުދޫ ސްކޫލް ފޭސްބުކް ޕޭޖް
އިންޑިއާ ޓީޗަރަކު ފިލާވަޅެއްގެ ތެރެއިން އަނެއްކާވެސް އީސާގެފާނަށް ބަދުބަސް ރައްދުކޮށްފި
ގއ. ކަނޑުހުޅުދޫ ސްކޫލުގައި ކިޔަވައި ދެމުންދާ އިންޑިއާ އަންހެން ޓީޗަރަކު ފިލާވަޅެއް ތެރެއިން އީސާގެ ފާނަކީ ކްރިސްޓިއަނެއް ކަމަށް ބުނެ، ދީނަށް ފުރައްސާރަކުރި މައްސަަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
Advertisement

ބިދޭސީ ޓީޗަރަކު މިފަދަ ގޮތަކަށް ދީނަށް ފުރުއްސާރަ ކޮޮށްފައިވަނީ، އެ ރަށު ސްކޫލުގެ ގްރޭޑު ހައެއްގެ ދަރިވަރުންގެ ސޯޝަލް ފިލާވަޅެއް ނަގައިދެމުންނެވެ.

އެ ކުދިންނާއި ހަވާލާދީ ބެލެނެވެރިން "ސީއެންއެމް"އަށް ބުނީ، ސޯޝަލް ސްޓަޑީޒް ގަޑީގައި ފޮތުގެ ސަފުހާ ނަމްބަރު 147 ގައި އޮތް ފިލާވަޅެއް ކިޔަވައި ދެމުން، އެ ޓީޗަރު ވަނީ، އިސްލާމުދީނަކީ ކުރިން އޮތް ދީނެއް ނޫން ކަމަށާއި، އިސްލާމުދީން އައިސްފައިވަނީ މުހައްމަދުގެ ފާނުގެ ހިސާބުން ކަމަށް ބުނެ، ދީނުގެ ސައްހަ ނޫން މައުލޫމާތުތަކެއް ކުދިންނަށް ކިޔައިދީފައި ކަމަށެވެ. އަދި އީސާގެ ފާނަކީ ކްރިސްޓިއަނެއް ކަމަށްވެސް އެޓީޗަރު ބުނި ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ. 

ސޯޝަލް ފޮތުގައި އޮތީ އިސްލާމުދީން ފެށިގެން އައިސްފައިވަނީ ރަސޫލާއާއި ހަމައިން ކަމަށެވެ. ނަމަވެސް އީސާގެ ފާނަކީ ކްރިސްޓިއަނެއް ކަމަށް އެފޮތުގައި ލިޔެފައެއް ނުވެއެވެ. އަދި ރަސޫލާގެ ކުރިން އިސްލާމުދީން ފެތުރުމަށް މަސައްކަތްކުރި ނަބިއްޔުންނާއި، ރަސޫލުންގެ ވާހަކަވެސް ފޮތުގައި ތަފްސީލުކޮށް ދީފައިވެެއެވެ.

your imageސޯޝަލް ފޮތުގައި އޮތް ގޮތް——

ނަމަވެސް ދަރިވަރުން ބުނާގޮތުން ޓީޗަރު ވަނީ އެހެން ރަސޫލަކު އަދި ނަބިއްޔަކު އިސްލާމުދީން ފެތުރުމަށް މަސައްކަތް ނުކުރާކަމަށް ބުނެ، އީސާގެފާނަކީވެސް ކްރިސްޓިއަނެއްކަމަށް ސިފަކޮށްފައެެވެ.

އެހެންކަމުން އެފިލާވަޅު ފޮތުގައި ލިޔަން މުދައްރިސު ބުނުމުން އެކުދިން އެގޮތަށް ލިއުމަށް ވަނީ އިންކާރުކޮށްފައެވެ. އަދި ދަރިވަރުން އެކަމާ އިންކާރު ކުރުމުން އެ ކުދިންގެ މައްސަލަ ސްކޫލުގެ އިސްފަރާތަށް އަންގާނެ ކަމަށްބުނެ ބިރު ދައްކާ ފައިވާ ކަމަށް އެ ދަރިވަރުންގެ ބެލެނެވެރިން ބުންޏެވެ.

އެ ސްކޫލުގެ ޓީޗަރަކު "ސީއެންއެމް" އަށް ބުނީ، އޭނާ އެ ކުލާހަށް ދިޔައީ އަޑުގަދަ ވެގެން ކަމަށާއި، އެ ކުލާހުގެ ހުރިހާ ކުދިން، "އެ ޓީޗަރާ ދެކޮޅަށް މުޒާހަރާ ކުރާ ގޮތަށް އެގަޑީގައި އަޑުގަދަ ކުރަމުން ދިޔަ" ކަމަށެވެ. 

"އަޅުގަނޑު ވީ ކިީއްތޯ ބެލިން. ކުދިން ދުވެފައި އައިސް ބުނި، މިސްއޭ އިސްލާމް ދީން ފުރަތަމަ އައީ ރަސޫލާ ގެ ހިސާބުންނޭ. އޭގެ ކުރިން އެއްވެސް ނަބީބޭކަލަކުވެސް ރަސޫލުބޭކަލަކުވެސް އިސްލާމް ދީން މީސްތަކުންގެ މެދުގައި ފެތުރުމަށް މަސައްކަތް ކޮށްފަ ނުވެޔޭ. އަދި އެކިޔަނީޔޭ އީސާގެ ފާނަކީ ކްރިސްޓިއަނެކޭ. އެއީ ތެދެއް ހެއްޔޭ؟ އެކުދިންގެ އަޑު އެހުމަށްފަހު އަޅުގަނޑު އެ ކުދިންނަށް ވަރަށް ރަނގަޅަށް ކިޔައިދިނިން. އޭއީ ހޭލުންތެރި ކުދިންތަކެއް. އިރާދަ ކުރެއްވީތީ އެ ކުދިނނަށް އެނގޭ ހުރިހާ ކަމެއްވެސް " އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެ ރަށު ސްކޫލުގެ ލީޑިން ޓީޗަރު، ހަސަން އަބޫބަކުރު އަށް ގުޅާލުމުން އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ވަނީ "ސީއެންއެމް" އަށް ކަށަވަރު ކޮށްދީފަ އެވެ. 

"އިއްޔެގެ ވަގުތެއްގައި އެފަދަ މައްސަލައެއް ހުށައެޅިފައިވޭ. އަދި އެ އަމަލު ހިންގާފައި ވަނީ އެރަށު ސުކޫލުގައި ޓީޗަރެއްގެ ގޮތުގައި އުޅެމުންދާ ސޯފިޔާ ނަމަކަށް ކިޔާ ޓީޗަރެއް. އެމައްސަލަ މިހާރު ބަލަމުން މިދަނީ." ހަސަން ވިދާޅުވި އެވެ.

މިފަދަ މައްސަލައެއް ހުށައެޅިފައިވޭތޯ ބަލާލުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅާލުމުން ބުނީ، އެކަން ވީގޮތެއް ސާފުކުރުމަށްފަހު، ފަހުން ޖަވާބެއް ދޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. 

މިފަދަ އިން ދީނަށް ފުރައްސާރަ ކުރާ މައްސަލަ ރާއްޖޭގެ ސްކޫލުތަކުން ފެންނަމުންދާއިރު، މީގެ ތިން މަހެއްހާ ދުވަސް ކުރިން ގއ. ކޮނޑޭ ސްކޫލްގެ އިންޑިއާ ޓީޗަރަކު އިސްލާމް ފޮތް ބިންމައްޗަށް އެއްލާލައި، ގުރޭޑު ފަހެއް އަދި ހަތަރެއްގެ ދަރިވަރުންނަށް "ކްރިސްމަސް ޓްރީ" ހަދާނެގޮތް ވެސް ވަނި ކިޔައި ދީފައެވެ. 

ކަނޑުހުޅުދޫ ސްކޫލުގައި ގްރޭޑު ހައެއްގެ ދަރިވަރުންނަށް ނެގިފިލާވަޅެއްގެ ތެރެއިން ފޮތުގައި ނެތް ސައްހަ ނޫން މައުލޫމާތުތަކެއް ކުދިންނަށް ކިޔައިދިން މައްސަލަ އެއް ފެންމަތިވެފައިވާ އިރު، މިދިޔައަހަރު، ގްރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ލިޔެފައިވާ މައްސަލަ އެއްވެސް ވަނީ ފެންމަތި ވެފައެވެ. 

5%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
79%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް