ads
އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު
މެޖިސްޓްރޭޓް ރަފީއުއްދީންގެ މައްސަލަ ޖޭއެސްސީއިން ބަލަނީ
ހައިކޯޓުން ކުރި އަމުރު ސަސްޕެންޑު ކޮށް ބަންދުގައި ހުރި މީހަކު ދޫކޮށްލަން އްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ހުކުމް ކުރި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.
Advertisement

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ އައްޑޫ ސިޓީ ހިތަދޫ މަންދޫބުގެ، ރުޝާން އަހުމަދު ދީދީ ދޫކޮށްލުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާ ދޫކޮށްލުމަށް ހުކުމް ކުރީ، އޭނާގެ ބަލި ހާލަތު ހުރި ގޮތުގެ ސަބަބުން ކަމަށެވެ. 

މި މައްސަލަ އާއި ގުޅިގެން ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭތީ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށް ކޮމިޝަންގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައި ވާކަމަށެވެ. 

އަދި މާޗް މަހުގެ ދެވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 14 ވަނަ ޖަލްސާގައި އެ މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީ އެކުލަވާލެވިފައި ވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

ރުޝާން ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރިނަމަވެސް، މަތީ ކޯޓަކުން ނެރޭ އެއްވެސް އަމުރެއް ބާތިލް ކުރުމުގެ އިހުތިޔާރު ދަށު ކޯޓަކަށް ލިބިފައި ނުވެއެވެ. އަދި މަތީ ކޯޓުތަކުން ނިންމާ ކޮންމެ ނިންމުމަކަށް ދަށު ކޯޓުތަކުން ތަބާ ވާންޖެހޭނެ ކަމަށްވެސް ގާނުނުގައި ބުނެފައިވެއެވެ. 

މި އަމުރާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް މީގެ ކުރިން ވިދާޅުވީ ހައި ކޯޓުގެ ހުކުމެއް ދިރި އޮއްވައި އެ ހުކުމް ސަސްޕެންޑުކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަމެއް ނޫން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް