އަލައިއާގެ ފުރަތަމަ ފިލްމު "ޖަވާނެ ޖާނެމަން" މިދިޔަ ހުކުރު ދުވަހު ނެރެފައިވާއިރު އެފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަލައިއާ ދެން ފެނިގެންދާނީ ކަރަން ޖޯހަރުގެ "ސްޓޫޑެންޓު އޮފް ދި އިޔާ 3" އިންނެވެ. އެގޮތުން އެނާ ފެނިގެންދާނީ އެފިލްމުގެ ލީޑު ރޯލުން ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ކަރަން އަދި އަލައިއާ ވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
"ސްޓޫޑެންޓު އޮފް ދަ އިޔާ"ގެ ފުރަތަމަ ބައި ނެރެފައިވަނީ 2012 ވަނަ އަހަރުއެވެ. ފުރަތަމަ ބައިން ލީޑު ރޯލުތައް އަދާކޮށްފައިވަނީ އާލިއާ ބަޓްއާއި ވަރުން ދަވަންއާއި ސިދާތު މަލްހޯތުރާއެވެ.
ފިލްމުގެ ދެ ވަނަ ބައި ނެރެފައިވަނީ މިދިޔަ އަހަރުއެވެ. ދެވަނަ ބައިން ފެނިގެންދިޔައީ ޓައިގާ ޝްރޮފް އާއި ތާރާ ސުތާރިޔާ އަދި އަނަންޔާ ޕާންޑޭއެވެ.