ads
ކްރިމިނަލް ކޯޓު
މިލިއަނަކަށްވުރެ ގިނަ ބަރަހަނާ ފޮޓޯ ލީކް ކުރި މަސާޢިދު ކޯޓަށް ހާޒިރުކުރަނީ
ސޯޝަލްމީޑިއާގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކްކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މއ.އިސްޕަންޖުގޭ މުޙައްމަދު މަސާޢިދު ބިން ސަމީޢުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއްް މާދަމާ އޮންނާނެކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.
Advertisement

ގިނަ ބައެއްގެ ޒާތީ މައުލޫމާތާއި ބަރަހަނާ މަންޒަރު ދައްކައިދޭ ފޮޓޯއާއި, ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމުގެ އިތުރުން ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އާންމުކުރި މައްސަލައިގައި މަސާޢިދު,36 ގެ މައްޗަށް 11 ދައުވާއެއް ވަނީ އުފުލައިފައެވެ.

މި މައްސަލައާއި ގުޅިގެން މަސާއިދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. 

ކްރިމިނަލް ކޯޓުން މިއަދު ބުނީ މަސާއިދުގެ މައްޗަށް ކުރެވޭ ދައުވާތަކާ ގުޅިގެން މާދަމާ އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ އަޑުއެހުން ބާއްވާނީ މާދަމާ 14:00 ގައިކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ދައުލަތުން މަސާޢިދުގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 03 ދައުވާއާއި, އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 03 ދައުވާއާއި, އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާއާއި, އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި, އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި, އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާއާއި, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ތަހްގީގު މަރުހަލާ ކުރިއަށް ގެންދިޔައިރު, ފުލުހުން ވަނީ މަސާޢިދުގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ ދެ ޓީބީ ހާޑްޑްރައިވް ތަހުލީލުކުރުމުން 1,000,000 އަށްވުރެ ގިނަ ބަރަހަނާ ފޮޓޯއާއި, ޕާސަނަލް ފައިލްސް ފެނިފައިވާ ކަމަށް ވެސް ބުނެފައެވެ. ހަމައެހެންމެ ފުލުހުން ވަނީ މަސާޢިދު ބޭނުންކުރާކަމަށް ބެލެވޭ އައިޕީ އެޑްރެހެއް މެދުވެރިކޮށް ވިކްޓިމްގެ ފޮޓޯތަކެއް މީސްމީޑިއާއަށް ލީކްކޮށްލިކަން އެނގޭ ސްނެޕްޝޮޓްތަކެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް