ads
ހުސެއިން ޝަމީމް——
އަޒުމަކީ ދުޅަހެޔޮކޮށް ތިބުމުގެ ސަގާފަތެއް އޮފީހުގައި އާލާކޮށް ދިރުވުން: ޕީޖީ
ކުޅިވަރާއި ދުޅަހެޔޮކޮށް ތިބުމުގެ ސަގާފަތެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކު އަދި ނެތް ކަމަށާއި, އަޒުމަކީ އެ ސަގާފަތް އާލާކޮށް ދިރުވުންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅު ވެއްޖެއެވެ.

ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި މިއަދު އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ ކުޅިވަރާއި ދުޅަހެޔޮކޮށް ތިބުމުގެ ސަގާފަތެއް އާލާ ކުރުމުގެ ގޮތުން ސިފައިންނާއި ފުލުހުންގެ ވަޒީފާގައި ތިބޭ މީހުން ބީއެފްޓީ (ބޭސިކް ފިޓްނަސް ޓެސްޓް) ހަދަންޖެހޭ ގޮތަށް ޕީޖީ އޮފީހުގެ މުވައްޒަފުނަށް ވެސް ޓެސްޓެއް ތަޢާރަފުކުރުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުނަށް ވެސް ޓެސްޓެއް ތައާރަފުކޮށް, އަހަރަކު އެއް ފަހަރު އެ ޓެސްޓުން ފާސްވާންޖެހޭ ގޮތަށް ހަދައި, ދުޅަހެޔޮ ލައިފްސްޓައިލަކަށް މަގުފަހިކުރެވޭނެ ގޮތްތަކަކާމެދު މިދަނީ ކަމާބެހޭ ފަންނީ މީހުންނާ މަޝްވަރާ ކުރަމުން- ޕީޖީ 

ޕީޖީ ވިދާޅުވީ އެ އޮފީހުގެ މުވައްޒަފުންނަކީ އެ މީހުންގެ ސިކުނޑީގެ ހުނަރު ވިއްކައިގެން ކައިގެން ބޮއިގެން އުޅޭ ބައެއް ކަމަށެވެ. އަދި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށް ނަފްސާނީ ބަލިތަކުން ދުރުވެ ތިބުމަށްޓަކައި ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ކަމެއްކަން ވެސް ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީގެ ލިޔުމުގައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ސަގާފަތެއް އާލާވުމުން އެކަމުގެ ފައިދާ އޮފީހަށާއި, މުވައްޒަފުންނަށާއި, އެ މުވައްޒަފުންގެ އާއިލާއަށް ކުރާނެކަން ވެސް ފާހަގަކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް