ads
ވެލި ނަގާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް
މަޑުލު ގޮނޑުދޮށުން ގަވާއިދާ ހިލާފަށް ވެލި ނަގާ މައްސަލައެއް
ހއ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މަޑުލު ގޮނޑުދޮށުން ގަވާއިދާ ހިލާފަށް ވެލި ނަގާ މައްސަލައެއް ފެން މަތި ވެއްޖެއެވެ.

ގަވާއިދާ ހިލާފަށް މަޑުލު ގޮޑުދޮށުން ވެލި ނަނގާ މައްސަލަ ފެންމަތި ވެފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ހއ. އަތޮޅު ކައުންސިލް ރައީސް މޫސާ ޝަފީގް "ސީއެންއެމް" އަަށް ވިދާޅުވީ އެފަދަ މައްސަލައެއް ކައުންސިލަށް ހުށަހެޅިފައިވާ ކަމަށާއި ކަމާ ބެހޭ އިދާރާތަކަށް މައްސަ ބަލައި ދިނުމަށް އެދިފައި ވާނެ ކަމަށެވެ.

އެންމެ ފުރަތަމަ މައްސަލަ ހުށަހެޅިފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅު ކަމަށާއި، އޭރު ވެސް އެ މައްސަލަ ބަލަމުން އައި ކަމަށް އޭނާ ވިދާޅުވިއެވެ. 

"އެ ރަށުން ވެލި ނަގައިގެން ގާ އަޅާ ކަމަށް ލިބުނު މައުލޫމާތަށް އެކަން ބެލީ. އެއީ ދަނޑުވެރިކަން ކުރުމަށް ވަރުވާ އަށް ދީފައި އޮންނަ ރަށެއް. އެ ރަށުން ވެލި ނަގަނީ ގަވާއިދާ ހިލާފަށް،" ޝަފީގު ވިދާޅުވިއެވެ.

އެ މައްްސަލަ ކަމާ ބެހޭ ފަރާތް ތަކަށް ޖައްސާފައި ވާނެ ކަމަށާއި، އެ ރަށުން ވެލި ނަނގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ވީޑިއޯ ވެސް ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅާފައި ވާނެ ކަމަށް އޭނާ ވިދާޅު ވިއެވެ. 


ދެފަހަރެއްގެ މަތިން އެ ފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ ކަމާ ގުޅުން ހުރި އިދާރާ ތަކާއި، ގުޅައިގެން ފުލުހުން ދަނީ މައްސަލަ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް