ads
ށ. އަތޮޅު ކައުންސިލް އިދާރާ.. ފޮޓޯ/ށ. އަތޮޅު ކައުންސިލް އިދާރާ ފޭސްބުކް ޕޭޖް
ރައްޔިތުންގެ ލަފަޔާއެކު ށ. އަތޮޅުގެ ތަރައްގީގެ ޕްލޭން އެކުލަވާލަނީ
މިއަހަރު ބަޖެޓްގައި ހިމެނިފައިވާ ޕޮރޮގްރާމް ތަކާއި، ފަސްއަހަރު ދުވަހުގެ ތަރައްގީގެ ޕުލޭނާއި ބެހޭ މައުލޫމާތު ރަށްރަށުަގައި، ހުރި ދައުލަތުގެ މުއައްސަސާ ތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ ތަކާއި ކުލަބު ޖަމިއްޔާ ތަކާއި ހިއްސާ ކުރުމަށް މާދަމާ އަތޮޅުތަކަށް ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ށ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
Advertisement

އެ އަތޮޅުގެ ކައުންސިލް ރައީސް މުހައްމަދު ޝިޔާމް "ސީއެންއެމް' އަށް ވިދާޅުވީ މި ދަތުރުގެ މައިގަނޑު ބޭނުމަކީ 2022 ވަނަ އަހަރަށް ކުރަން ބޭނުންވާ ކަންތައްތަކާއި، މައިގަނޑު ގޮތެއްގައި ފަސް އަހަރުގެ ޕްލޭން އެކުލަވާލުން ކަމަށެވެ. އަދި އެންމެހާ ފަރާތް ތަކުގެ ހިޔާލާއި މަޝްވަރާ ފަސް އަހަރު ދުވަހުގެ ޕްލޭނުގައި ހިމެނިފައި ވުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ގަބޫލު ކުރާކަމަށެވެ.

އާބާދީގައި 18000 ހިމެނޭ އެ އަތޮޅު، އަތޮޅު ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ ވަޒީފާ އެއް ނެތް އަންހެނުންނަށް ރަނގަޅު އާމްދަނީ އެއް ލިބޭ ވަޒީފާ އެއް ކަަށަވަރު ކުރުމާއި، ޒުވާނުންނަށް ކުޅިވަރުގެ ރޮގުން އެއްރަށުން އަނެއްރަށް އެކުވެރި ކަމާއެކު އެއްބައިވަންތަ ކުރުމަށާއި، ސިއްހީ ނިޒާމް ރަނގަޅު ކުރުމާއި، ޕްރިންސިޕަލުން އެއްމޭޒެއްގެ ދޮށަށް ގެނެސް އަތޮޅުުގެ ތައުލީމީ ހަރުފަތް މަތީ ލެވެލަކަށް ގެންދިއުން ކަމަށް އެކައުންސިލުން ބުނެއެވެ. 

އެގޮތުން މާދަމާ ހެނދުނު އަށެއް ޖަހާއިރު ކުރެވޭ ދަތުރަކީ އަތޮޅުގެ 14 ރަށަށް ތިން ދުވަހުގެ މުއްދަތަށް ކުރެވޭ ދަތުރެއް ކަމަށް ވެސް އެ ކަައުންސިލުން ބުނެއެވެ. މިދަތުރުގައި އެ ކައުންސިލްގެ މެމްބަރުން ހިމެނޭއިރު، އިދާރީ ދެ މުއައްޒަފުން ހިމެނޭނެއެވެ.

އަދި މިދަތުރުގައި ރަށްރަށުގެ މުއައްސަސާ ތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި، ކުލަބު ޖަމިއްޔާ ތަކާއި، އެ ރަށްރަށުގެ ކަމުވޮށިގެންވާ މީހުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރެވޭނެ ދަތުރެކަށް މިދަތުރު ވެގެންދާނެ ކަމަށް އެކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް