ads
ހުޅުމާލޭ ޕާކިން މައްސަލަ ހައްލުކުރުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި
ހުޅުމާލޭގައި ޕާކްކުރުމުގެ މައްސަލަ ހައްލުކުރަނީ ދަމާސް އާ ގުޅިގެން!
ހުޅުމާލޭއަށް އެކިއެކި ބޭނުންތަކުގައި ޒިޔާރާތް ކުރާ ފަރާތްތަކަށް ދިމާވަމުންއަންނަ ޕާކް ކުރުމުގެ މައްސަލަ ހައްލު ކުރުމަށް ދަމާސް ކޮމްޕެނީ އާއެކު ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ސޮއި ކޮށްފިއެވެ

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަެއ ްއެޗްޑީސީން ބުނެއެވެ.

އެ މަސއްކަތް ތަކުގެ ތެރެއިން މިއަދު ވަނީ ހުޅުމާލޭގައި ޕާކިން ބިލްޑިންގއެއް ޤާއިމު ކުރުމަށް ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް އާއި އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރެވިފައިއެވެ.

މި އެއްބަސްވުމުގައި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޞާލިޙްއެވެ. އަދި އެޗް.ޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ. 

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕާކިންގ ބިލްޑިންގައި ސައިކަލު އަދި ކާރު ޕާކް ކުރެވޭނެ ކަމަށެވެ. އަދި މި ބިލްޑިން ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްއާއި ދިމާލުން ހުންނަ އޯޝަން ފްރަންޓުގެ ފަހަތުގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް