ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެގައި ވަނީ އެމިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ކާޑުހެދުމުގެ އެއްވެސް ސިސްޓަމަކަށް ބަދަލެއް ނުގެނެސް، މުޅި ރާއްޖޭގައި ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑު ހެދުމުގެ ކަންތައްތައް އެއްގޮތަކަށް ކުރިއަށް ގެން ދިއުމާއި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންވެ އެމިނިސްޓްރީން ވަނީ މިކަމަށް އެދޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވާފައެވެ.
ބީލަމާއި ގުޅޭ މައުލޫމާތު ސެޝަން މިމަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި އޮންނާނީ ޕްލޭނިން މިނިސްޓްރީގަ އެވެ.
އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައި ގަންނަވާ ނަމަ މިމަހުގެ 13 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށް ދެއްވުން އެދޭ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 15 މާޗް ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގައި ޕްލޭނިން މިނިސްޓްރީގައެވެ. އަދި އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތް ތަކުގެ ހާޒިރުގައެވެ.
ކޮވިޑް 19 އާ ގުޅިގެން އައިޑީ ކާޑް ހަދަން ބޭނުންވާ ފަރާތްތަކަށްވެސް އެކިފަހަރުމަތިން ދަތިތައް ކުރިމަތިވެފައި ވެއެވެ.