ads
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) -- ފޮޓޯ / މަޖިލިސް
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ނައިބަކަށް ހުސައިން
އެމްޑީޕީގެ ‏ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރުކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އިންތިޚާބު ކޮށްފި އެވެ.

އެމްޑީޕީގެ ‏ޕީޖީ ގްރޫޕް އިންތިޚާބުގެ ވޯޓުލުން ފުރަތަމަ އޮތީ މިދިޔަ ފެބްރުއަރީމަހުގެ 18 ވަނަ ދުވަހު އެވެ.

ޕީޖީ ގްރޫޕްގެ ނައިބު ލީޑަރުކަމަށް ދެ ބޭފުޅުން އިންތިޚާބުކުރާއިރު, އެ މަގާމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. 

އެއީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމާއި, ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި, އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) އެވެ.

މިިދިޔަ މަހުގެ 18 ވަނަ ދުވަހުގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި 49 ވޯޓާއެކު ޕީޖީގެ އެއް ނައިބު ލީޑަރުކަމަށް ބިގޭ ވަނީ އިންތިޚާބުވެފައެވެ. 

ހުސައިން އާއި, އިލްޔާސާއި މިއިން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަތީ 34 ވޯޓެވެ. އެ ގޮތުން އެ ދެ ބޭފުޅުންގެ މެދުގައި އަލުން ވޯޓު ނެގީ މިއަދުގައެވެ.

ހުސައިން ނައިބު ލީޑަރުކަމަށް އިންތިޚާބުވީ 38 ވޯޓުންނެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.

މިދިޔަަ މަހުގައި ބޭއްވި ޕީޖީ ގްރޫޕް އިންތިޚާބުގައި, 40 ވޯޓާއެކު ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އިންތިޚާބުވެވަޑައިގަތީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަމަށް އަަސްލަމާ ވާދަކުރެއްވި މީގެ ކުރިން އެ މަގާމު ފުރުއްވި ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމެވެ. އޭނާއަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް